އެސްއެމްއީ ބޭންކް

އެސްޑީއެފްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް މީޒާ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، (އެސްޑީއެފްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ފާތިމަތު މީޒާ އާދަމް އައްޔަންކޮށްފިއެވެ.

އެސްޑީއެފްސީ އިން ވަނީ މީޒާ، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކުރިކަން ހާމަކޮށް އޭނާއަށް މަރުހަބާ ކިޔާފަ އެވެ.

މީޒާ މީގެކުރިން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީނިއާ ކްރެޑިޓް އޮފަސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ. އޭނާ އެންމެ ފަހުން ހުންނެވީ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ކޯޕަރޭޓް އެފެއާސް މެނޭޖަރެއްގެ ގޮތުގައެވެ.

މީޒާ ޑިގްރީ ހާސިލް ކުރީ އެކައުންޓިން އަދި ފައިނޭންސްގެ ދާއިރާއިން ޔުނިވާސިޓީ އޮފް ކޮލަމްބޯ އިންނެވެ. މާސްޓާ އޮފް ބިޒްނަސް މެނޭޖްމަންޓް (އެމްބީއޭ) އޭނާ ހާސިލްކުރީ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލޭންޑުންނެވެ.

އެސްޑީއެފްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރި ނަމަވެސް މިސަރުކާރުން އެ ކުންފުންޏަށް އަދި މެނޭޖިން ޑިރެކްޓަރަކު އައްޔަންކޮށްފައެއް ނުވެ އެވެ.