ހަނިމާދޫ

ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭ އާދިއްތަ ދުވަހު ބޭނުންކުރަން ފަށަނީ

Jan 24, 2024
ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭ
0%
0%
0%

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ތެރެއިން އަލަށް ހަދާފައިވާ ރަންވޭ މިއަންނަ އާދިއްތަ ދުވަހު ބޭނުންކުރަން ފަށާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ބުނެފި އެވެ.

އާރްއޭސީއެލް އިން ބުނީ އާ ރަންވޭގައި އާދިއްތަ ދުވަހު ޓެސްޓް ފްލައިޓެއް ޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާރު ކުރިއަށް ދަނީ އާ ރަންވޭގައި ލައިޓް ހަރުކުރުމުގެ މަސައްކަތްތަކެވެ. އާ ރަންވޭ އިން ނިމިފައިވާ 1200 މީޓަރުގެ ބައި ހުޅުވާލުމަށްފަހު ޝެޑިއުލްއާ އެއްގޮތައް ދަތުރުތައް ފަށާނެ ކަމަށްވެސް އާރްސީއެލް އިން ބުނެ އެވެ.

ހަނިމާދޫ އެއާޕޯޓްގައި އާ ރަންވޭއެއް ހެދުމުގެ އިތުރުން އާ ޓާމިނަލް އަޅާނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރަށެވެ. އަދި ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން އެ އެއާޕޯޓުގައި 2،461 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ ފެސިލިޓީއެއް ވެސް ހުންނާނެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ސެޕްޓެމްބަރު 25، 2022 ގައެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަނީ ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެންމެ ބޮޑެތި ބޯޓުތައް ކަމަށްވާ އެއާބަސް A320 އާއި ބޯއިންގް 737 ސައިޒުގެ ބޯޓުތަކަށް ހިދުމަތް ދެވޭ ފެންވަރަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910