ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް

މެދުކެނޑުމަކަށްފަހު ހަނިމާދޫ އެއާޕޯޓުން ބޭރު ދަތުރުތައް ފަށައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ފްލައިޓެއް -- ފޮޓޯ: ރީޖަނަލް އެއާޕޯޓްސް
0%
0%
0%

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ދަށުން ހިންގަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޓަނޭޝަނަލް ދަތުރުތައް އަލުން ފަށައިފި އެވެ.

އެ އެއާޕޯޓުން އިންޓަނޭޝަނަލް ދަތުރުތައް އަލުން ފެށީ އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އެވެ. އެ ދަތުރުތައް މެދުކެނޑުނީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުންނެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނީ މަޝްރޫއު ފެށުމުގެ ކުރިންވެސް ކުންފުނީގެ އަމާޒަކީ އެއާޕޯޓުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް އެއްވެސް ބުރުލެއް ނުގެނެސް މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ. ނަމަވެސް ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް އަވަހަށް މަޝްރޫއު ނިންމާލުމަށްޓަކައި އެއާޕޯޓް އޮޕަރޭޓްކުރާ ގަޑިތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން އިންޓަނޭޝަނަލް ފްލައިޓް ކެންސަލްކޮށްލަން ޖެހުނީ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެއާޕޯޓްގެ ހިދުމަތްތައް ތަރައްގީކޮށް އިތުރަށް ފުޅާކުރުމަށްޓަކައި 2،465 މީޓަރުގެ އާ ރަންވޭއެއް އެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު ވަނީ 1،200 މީޓަރުގެ މަސައްކަތް އެއްކޮށް ނިމި މިމަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާފަ އެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނީ 2،465 މީޓަރުގެ އާ ރަންވޭގެ މަސައްކަތް އެއްކޮށް ފުރިހަމަކޮށް މި މަހުގެ ނިޔަލަށް ނިންމާލެވިގެންދާނެ ކަމަށެވެ.

އިންޓަނޭޝަނަލް ފްލައިޓް އޮޕަރޭޝަން އަލުން ފެށުމާ އެއްކޮށް ހުކުރު އަދި ހޯމަ ދުވަހު ފްލައިޓް ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910