އެމްޑީޕީ

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓް އާންމުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ބޭފުޅުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި އެވެ.

އެމްޑީޕީން ވަނީ ޕްރައިމަރީ ބާއްވާ 41 ދާއިރާއަކުން ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފަ އެވެ.

އެޕާޓީން ހާމަކުރި ރަސްމީ މައުލޫމާތުތަކަށް ބަލާއިރު ޕްރައިމަރީއަކާއި ނުލައި 45 ބޭފުޅަކަށް ވަނީ އެ ޕާޓީގެ ޓިކެޓް ކަށަވަރުވެފަ އެވެ.

ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވި ބޭފުޅުން

  • އަމީން ފައިސަލް - ކަނޑިތީމު ދާއިރާ
  • ސަލީމް ހުސައިން - އިނގުރައިދޫ ދާއިރާ
  • އަލީ ނިޔާޒް - ކުރެންދޫ ދާއިރާ
  • ޝާތިރު އަބްދުއްރަހުމާން - ހުރާ ދާއިރާ
  • ރުގިއްޔާ މުހައްމަދު - ދަނގެތި ދާއިރާ
  • މޫސާ ޝިޔާމް އަބްދުﷲ އަލީ - މުލަކު ދާއިރާ
  • އަބްދުﷲ ޝަރީފް - ގަމު ދާއިރާ
  • އަހްމަދު ސައީދު - ގެމަނަފުށީ ދާއިރާ
  • އަހްމަދު ސައީދު މުހައްމަދު - ގައްދޫ ދާއިރާ
  • އިބްރާހިމް މުއިއްޒު - ހެންވޭރު އުތުރު ދާއިރާ
  • އަހްމަދު ސަލީމް - ހޯރަފުށި ދާއިރާ
  • މުހައްމަދު އާރިފް - އިހަވަންދޫ ދާއިރާ
  • ހުސައިން ޒިޔާދު - ވައިކަރަދޫ ދާއިރާ
  • މުހައްމަދު ރާއީ - މަކުނުދޫ ދާއިރާ
  • އަލީ ރިޒާ - މިލަންދާ ދާއިރާ
  • މުހައްމަދު ޝާހިދު - ފުނަދޫ ދާއިރާ
  • އަހްމަދު ފާތިހު - ހޮޅުދޫ ދާއިރާ
  • އިސްމާއިލް އަހްމަދު - ދުވާފަރު ދާއިރާ
  • މުހައްމަދު ޝަފީގު - ތުޅާދޫ ދާއިރާ
  • ޖީހާން މަހުމޫދު - ހިންނަވަރު ދާއިރާ
  • މުހައްމަދު ލުތުފީ - މާފުށި ދާއިރާ
  • އިބްރާހިމް އަމީރު - ތުލުސްދޫ ދާއިރާ
  • އަލީ އަމީޒް - މާމިގިލި ދާއިރާ
  • އިކްރާމް ހަސަން - ދިއްގަރު ދާއިރާ
  • އިޔާސް އިސްމާއިލް ލަތީފް - މީދޫ ދާއިރާ
  • ހަސަން ޝިނާން - ގުރައިދޫ ދާއިރާ
  • ހުސައިން އަބޫބަކުރު - ފޮނަދޫ ދާއިރާ
  • ޔައުގޫބު އަބްދުﷲ - ދާންދޫ ދާއިރާ
  • ސައްޔާހު ހަލީހް - ކޮލަމާފުށި ދާއިރާ
  • އަހްމަދު ގައިސް - ތިނަދޫ އުތުރު ދާއިރާ
  • އަހްމަދު ޒައީމް - ފަރެސްމާތޮޑާ ދާއިރާ
  • ހުސައިން މުހައްމަދު ދީދީ - ފުވައްމުލަކު މެދު ދާއިރާ
  • އަބްދުﷲ ހަނީފް - ފޭދޫ ދެކުނު ދާއިރާ
  • މުހައްމަދު އަސްލަމް - ހިތަދޫ އުތުރު ދާއިރާ
  • އިބްރާހިމް ނާޒިލް - ހިތަދޫ ދެކުނު ދާއިރާ
  • އިބްރާހިމް އަލީ ޖަލީލް - މެދު ހެންވޭރު ދާއިރާ
  • ހުސައިން ޝަމީމް - ހެންވޭރު ދެކުނު ދާއިރާ
  • މުހައްމަދު އިބްރާހިމް - ގަލޮޅު އުތުރު ދާއިރާ
  • މީކާއިލް އަހްމަދު ނަސީމް - ގަލޮޅު ދެކުނު ދާއިރާ
  • ލިރުގާމް ވަހީދު - މައްޗަންގޯޅި އުތުރު ދާއިރާ
  • އަބްދުﷲ ސިނާން - މައްޗަންގޯޅި ދެކުނު ދާއިރާ
  • މުހައްމަދު ފަލާހު - މާފަންނު ހުޅަނގު ދާއިރާ
  • އަހްމަދު އާމިރު - މާފަންނު މެދު ދާއިރާ
  • ހަސަން އިއާދު ސަލީމް - މާފަންނު ދެކުނު ދާއިރާ
  • އަކްރަމް ކަމާލުއްދީން - މައްޗަންގޯޅި މެދު ދާއިރާ

ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓް ކަށަވަރުވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް ހިމެނޭ އެމްޑީޕީގެ ބައެއް މެންބަރުން ހިމެނެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން އިންތިހާބުކުރާނެ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހު އެވެ.