މޯލްޑިވްސް ޕޮލިސް ސާވިސް

މާލޭ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގައި ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ މަރުވެފައިވާ މީހަކީ މާލެއަށް ޑޮކްޓަރަށް ދައްކަން އައިސް ހުރި އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ މި މީހާގެ ހަބަރެއް ނުވެގެން މިރޭ 8:50 ހާއިރު ރިޕޯޓް ކުރުމުން މި މީހާ މާލޭގައި ހުރި ގެއަށް ފުލުހުން ގޮސް ބަލައި ޗެކްކުރިއިރު މި މީހާ އޮތީ މަރުވެފަ އެވެ.

މި މީހާ މަރުވެފައި އޮތް ގެ ކައިރީގައި ދިރިއުޅޭ ބައެއް މީހުން ބުނި ގޮތުގައި އެ ސަރަހައްދުން ކުނި ވަހެއް ދުވާތަ ދެތިން ދުވަސް ވެއްޖެ ކަމަށެވެ.

މި މީހާގެ ހަށިގަނޑު ފުލުހުން ގެންގޮސްފައިވަނީ އައިޖީއެމްއެޗް އަށެވެ.

މި މީހާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.