ކެބިނެޓް

ރުހުން ނުދޭން އެމްޑީޕީއާއި ޑިމޮކްރެޓުންނަށް އެއްބަސްވެވެނީ ތިން ވަޒީރަކަށް

ރުހުން ނުދޭން އެމްޑީޕީއާއި ޑިމޮކްރެޓުންނަށް އެއްބަސްވެވޭ ތިން ވަޒީރުން
0%
0%
100%

އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް ރުހުން ނުދޭން އެއްބަސްވެވޭ ވަޒީރުންގެ ތެރޭގައި ތިން ވަޒީރަކު ހިމެނިއްޖެ އެވެ.

މި ދެ ޕާޓީގެ ހުރިހާ މެންބަރުންނަށް އެއްބަސް ނުވެވޭ އެކަމަކު ދެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ވަކިން ނިންމުންތައް ނިންމައިގެން ރުހުން ނުދޭން ބޭނުންވާ އިތުރު ވަޒީރުންތަކެއްވެސް އެބަތިއްބެވި އެވެ.

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް ރުހުން ނުދިނުމަށް އެއްބަސްވެވޭ ވަޒީރުންގެ ތެރޭގައި ހިމެނެނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަނައިބް އަހްމަދު އުޝާމް އެވެ.

އެމްޑީޕީން ރުހުން ނުދޭން ނިންމި އިތުރު ވަޒީރެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިމެނެ އެވެ. އެކަމަކު ޑިމޮކްރެޓުން ރުހުން ނުދޭން ނިންމި ވަޒީރުންގެ ލިސްޓުގައި ސައީދު ނެތް ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ވިދާޅުވެ އެވެ. ދަ ޑިމޮކްރެޓްސް އިން ރުހުން ނުދޭން ނިންމި އިތުރު ވަޒީރެއްގެ ގޮތުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ހިމެނެ އެވެ. ނަމަވެސް އެމްޑީޕީން ރުހުން ނުދޭން ނިންމި ވަޒީރުންގެ ލިސްޓްގައި މޫސާ ޒަމީރު ނެތް ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމަށް ބާއްވާ ޖަލްސާގެ މެންދުރުފަހުގެ ދަންފަޅި ފަށާނީ މިއަދު މެންދުރުފަހު 1:30 ގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓްގައި 22 ބޭފުޅުން ހިމެނޭއިރު މީގެތެރޭގައި ތިން އަންހެން ބޭފުޅުންވެސް ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345