ހަބަރު

އަމަން އަމާންކަން ދެމެހެއްޓުމަށް ގައުމުތަކުގެ ތަޖުރިބާތަކަށް ބަލަންޖެހޭ: އުމަރު

ރާއްޖޭގެ އަމަން އަމާންކަން ބެލެހެއްޓުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރަން ޖެހޭނީ، އެހެން ގައުމުތަކުގެ ތަޖުރިބާ ބަލައި ދިރާސާކޮށް ގެން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު މިހެން ވިދާޅުވީ، އިންސްޓްޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސް (އައިލްސް) އިން ފުރަތަމަ ޑިގްރީ ނިންމި ދަރިވަރުން ގްރެޖުއޭޓްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އުމަރު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަށް ލޯއެންޑް ފޯސްމަންޓް ދާއިރާ [އަމަން އަމާންކަން ބެލެހެއްޓުމުގެ ދާއިރާ]ގައި ހުރި ގޮންޖެހުންތަކަށް ދިރާސީ ނަޒަރަކުން ބަލައި އެހެން ގައުމުތަކުން ކޮށްފައި ހުރި ތަޖުރިބާ ތަކުގެ އަލީގައި ހައްލު ހޯދުމުގެ އާދަ އަށަގަންނަން ޖެހޭ ކަމަށެވެ. އެގޮތުން އެހެން ގައުމުތައްކޮށްފައި ރަނގަޅަށް އެޅީ ފިޔަވަޅެއް ތޯ ބަލައި އަދި ގޯސްވި ކަންތައްތައް ދިރާސާ ކޮށް ރާއްޖެއަށް ދިމާވެގައިވާ މައްސަލަތައް ހައްލެއް ހޯދުމަށް ނިކުންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގައި ދިރާސާކޮށް ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ދާއިރާތަކެއް ހުރޭ. އެގޮތުން ފުލުހުންގެ ދާއިރާއަސް ބަލައިލާ އިރު އަތޮޅުތެރޭގައި ހުރި ބޮޑެތި ގޮނޖެހުންތައް، ކުއްކުރުމުގެ ދާއިރާގައި ހުރި ބޮޑެތި ގޮންޖެހުންތައް، އިމިގްރޭޝަން ދާއިރާއަށް ބަލައި އިރު ރާއްޖެއަށް އަންނަ ނުރައްކާތެރި މީހުންގެ މައްސަލަތައް ފިލާގެން އުޅޭ ބިދޭސީ އިން ގެ މައްސަލަތައް، އަދި ކަސްޓަމްސްގެ ދާއިރާއަށް ބަލައި އިރު ނުރައްކާތެރި ހަތިޔާރާއި އަދި އެނޫންވެސް ތަކެތި ރާއްޖެއަށް އެތެރެ ކުރުމާއި ރާއްޖެއަކީ ޓްރާންސިޓް ބަނދަރެއްގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް ހިމެނޭ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މިފަދަ ހުރިހާ ގޮންޖެހުންތަކަކީ ވެސް ދުނިޔޭގެ އެހެން ގައުމުތަކަށް ދިމާވެފައި ހުރި ގޮންޖެހުންތަކެއް ކަމަށާއި އެހެން ކަމުން އެމީހުން ކުރި ތަޖުރިބާތައް ދަސްކޮށްގެން އަމިއްލަ ހައްލެއް ނެރެފިނަމައާ އަމަން އަމާންކަން ދެމެހެއްޓުމުގައި ކުރި އަރާގެން ދާނެ ކަމަށެވެ.