ދުނިޔެ

ސްނޯގެ ބާރުގަދަ ތޫފާނަކާއެކު ނިއުޔޯކް ހުއްޓުމަކަށް

ސަލާމަތީ ފިޔަވަޅުތައް ނިއު ޔޯކްގައި އިއުލާނުކޮށްފައިވާއިރު، އާންމުން ބޭރަށް ނުކުމެ އުޅުމާއި ވެހިކަލް ދުއްވުން ވެސް ވަނީ ކޮންޓްރޯލްކޮށްފަ އެވެ. މި ތޫފާނާ އެކު މަގުތައް 90 ސެންޓިމީޓަރު (36 އިންޗީ) ގެ ސްނޯއިން ފުރޭނެ ކަމަށް ބެލެވެ އެވެ.

ނިއު ޔޯކްގެ އިތުރުން ނިއު ޖާޒީ އާއި ކަނެޓްޓިކަޓް އަދި ރޫޑީ އައިލެންޑްސް އާއި މާސަޗޫސެޓްސްގެ އިތުރުން ނިއު ހެމްޕްޝިއާގައި ވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް އިއުލާނުކޮށް އާންމުން ބޭރުގައި އުޅުން ކޮންޓްރޯލްކޮށްފަ އެވެ. ރަސްމީ ފަރާތްތަކުން ލަފާކުރާ ގޮތުން މި ތޫފާނުގެ އަސަރު 60 މިލިއަން މީހުންނަށް ކުރާނެ އެވެ.

ތޫފާނުގެ އަސަރު ބޮޑު ސަރަހައްދުތަކުން އަޅާފައިވާ އެހެން ފިޔަވަޅުތަކަށް ބަލާއިރު މިހާތަނަށް 6،500 ފްލައިޓް ކެންސަލްކޮށްފައިވެ އެވެ. ވިޔަފާރިތަކާއި ސްކޫލްތައް ބަންދުކުރާ ގަޑިތައް ވެސް ވަނީ އަވަސްކޮށްފަ އެވެ. އަދި ބައެއް ސްކޫލްތައް ބަންދުކޮށްފައިވާއިރު ގިނަ ސްކޫލްތަކުގެ ކިޔެވުން ދެން ފަށާނެ ކަމަށް ބެލެވެނީ އެއް ދުވަސް ފަހުންނެވެ.

ތަޖުރިބާކާރުން ބުނަނީ ސްނޯގެ މި ތޫފާނަކީ ނިއު ޔޯކްގެ ތާރީޚުގައި ވެސް މި ސިޓީ އަށް ކުރިމަތިވާނެ ކަމަށް ނުރައްކާ ބޮޑު ތޫފާން ކަމަށެވެ.