ޔޫއޭއީއާއެކު ގައުމީ އަންހެން ފުޓްބޯޅަ ޓީމު ދެ މެޗު ކުޅެން ހަމަޖައްސައިފި އެވެ.
އެފްއޭއެމުން ބުނީ މި ދެ މެޗު ކުޅޭނީ ޔޫއޭއީގައި ކަމަށެވެ. ފުރަތަމަ މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ދެ ވަނަ މެޗު ކުޅޭނީ އާދީއްތަ ދުވަހު އެވެ.
މި ދެ މެޗަށް ގައުމީ ޓީމު ފަރުތަކުރަން ފަށާފައިވާއިރު މިއީ އަންހެން ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް އެކުވެރިގައުމުތަކުން ލިބޭ ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއް ކަމަށް ވެސް އެފްއޭއެމުން ބުނެ އެވެ.
ގައުމީ އަންހެން ޓީމު ވަނީ މިމަހު ކުރީކޮޅު އިންޑިޔާގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވެސް ވާދަކޮށްފަ އެވެ.