ހުޅުމާލެ

ވަލެއްގައި އޮޅިފައި އޮތް މިޔަރެއް ސަލާމަތްކުރަނިކޮށް ބަޔަކަށް ހަމަލާދީފި

ވަލެއްގައި އޮޅިފައި އޮތް މިޔަރެއް ސަލާމަތްކުރަން އުޅުނު ބަޔަކަށް އެ މިޔަރު ހަމަލާދީފި އެވެ.

ހުޅުމާލޭ ނެރު ކައިރީގައި އޮންނަ ޝާކް ޓޭންކް ޑައިވް ސައިޓުގައި މިދިޔަ ހުކުރު ދުވަހު ހިނގި ހާދިސާގެ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އެ ސަރަހައްދަށް 10 ވަރަކަށް މީހުން ޑައިވްކުރަނިކޮށް ވަލެއްގައި އޮޅިފައިވާ މިޔަރެއް ފެނެ އެވެ.

މިޔަރު ސަލާމަތްކުރަން ވަލަށް ދަމަން ފެށުމުން މިޔަރު ތެޅި ގަންނަ މަންޒަރު ވީޑިއޯއިން ފެނެ އެވެ. އަދި ދެ ތިން މީހަކަށް ހަމަލާދޭ މަންޒަރުވެސް ވީޑިއޯ އިން ފެނެ އެވެ.

މި ހާދިސާގައި އަނިޔާވި މީހެއްގެ ބޮލުން ލޭ ފައިބައިފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.