ދުނިޔެ

ހިޒްބުﷲއާ އެކު ޑިޕްލޮމެޓިކް ހައްލަކަށް ތައްޔާރު: އިޒުރޭލު

އިޒުރޭލަށް ރަނގަޅު ގޮތަކަށް ވާނީ ހިޒްބުﷲ އާއެކު ހަނގުރާމަކުރުމަށް ވުރެ ޑިޕްލޮމެޓިކް ހައްލެއް ހޯދުން ކަމަށް ޔަހޫދީ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް ވިދާޅުވެއްޖެ އެވެ.

އޭނާ އަދި ވިދާޅުވީ ހަމަނުޖެހުންތައް ހައްލުކުރަން ހިޒްބުﷲއާ މަޝްވަރާކުރެވިދާނެ ކަމަށެވެ.

ލުބްނާން ބޯޑަރުގައި ހަމަނުޖެހުން އިތުރުވުމަކީ އިޒުރޭލަށް ރައްކާތެރި ގޮތް ނޫން ކަމަށްވެސް ދިފާއީ ވަޒީރު ވިދާޅުވި އެވެ.

ގަލަންޓް ވިދާޅުވީ އިޒުރޭލުގެ މި ވިސްނުން ވައިގައި ހިއްޕުމަށް އެމެރިކާގެ ވެރިން -- ރައީސް ޖޯ ބައިޑަން އަދި ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ފަދަ ބައިޑަން ސަރުކާރުގެ ސީނިއާ ވަޒީރުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ގަލަންޓް ވިދާޅުވި ގޮތުން ޔަހޫދީންނަށް ބިރުދެއްކުމަކީ ބަލައިގަންނާނެ ކަމެއް ނޫނެވެ. އިޒުރޭލާ އެކު ރަސްމީ ޗެނަލްތަކުން ގުޅުން ދަމަހައްޓަން ބޭނުން ނުވާނަމަ އެ ނޫން ގޮތަކަށްވެސް ތައްޔާރު ކަމަށް ވިދާޅުވި އެވެ.

ދިފާއީ ވަޒީރު އެ ވިދާޅުވީ މަޝްވަރާކޮށްގެންވެސް ކަމެއް ހައްލު ނުވެއްޖެނަމަ ދެން އޮތް ގޮތަކީ ހަމަލާ ބަދަލުކުރުން ކަމަށްވާނަމަ އެކަމަށްވެސް ތައްޔާރު ކަމަށެވެ.

އޮކްޓޯބަރު 2023 ގައި ހަމާސްއިން ޔަހޫދީ އާބާދިތަކަށް ދިން ހަމަލާތަކާ ގުޅިގެން އުދާސްވެފައި އޮތް ސަރަހައްދުން އަދިވެސް ފެންނަނީ ދުންއަރާ ތަނެވެ.

ޣައްޒާގައި ހަރަކާތްތެރިވާ ހަމާސްއިން އިޒުރޭލަށް ދޭ ހަމަލާތަކަށް ވުރެ، ލުބްނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން އިޒުރޭލަށް ދޭ ހަމަލާތައް ވަރުގަދަވެފައި ނުރައްކާ ބޮޑެވެ.

އިޒުރޭލުން ހިޒްބުﷲއާ އެކު ސީދާ ހަނގުރާމަ އިއުލާންކޮށްފިނަމަ، އިޒުރޭލަށް ލިބޭ ގެއްލުން މިހާރަށް ވުރެ ބޮޑުވާނެ އެވެ.

ހިޒްބުﷲ އަތުގައި ހުރި ހަތިޔާރުތައް ފުރިހަމަ ގޮތުގައި ބޭނުންކުރަން ފަށައިފިނަމަ މުޅި ސަރަހައްދު ވަރަށް ބޮޑަށް ބަދަލުވެގެން ދާނެ އެވެ.

އަސްކަރީ ގޮތުން އިޒުރޭލު ކިތަންމެ ގަދަފަދަ ނަމަވެސް ސަރަހައްދު ހަލަބޮލި ވެއްޖެނަމަ ޔަހޫދީ އާބާދީ ދެމިއޮތުމަށް ނުރައްލަކަލަށް ވާނެ އެވެ. މިއީ ޔަހޫދީ ޒަޔަނިސްޓް ވެރިނަށް ވެސް އެނގޭ ކަމެކެވެ.

ގަލަންޓް ވިދާޅުވި ގޮތުން ހިޒްބުﷲއާ އެކު ޑިޕްލޮމެޓިކް ގުޅުން ހަރުދަނާކުރި ނަމަވެސް އިޒުރޭލު-ލުބްނާން ބޯޑަރުތައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރާނެ އެވެ. އެއީ ހިޒްބުﷲގެ އިތުރުން އީރާނުން މަދަދުވެރިވާ ހަނގުރާމަވެރި ގުރޫޕްތަކުގެ އުނދަގުލުން ޔަހޫދީން ރައްކާތެރި ކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ހިޒްބުﷲއާ އެކު މަޝްވަރާކުރާނެ ވަކި ގޮތެއް -- މެދުވެރިކުރާނެ ބަޔަކާ ބެހޭ އެއްވެސް މައުލޫމާތެއް ގަލަންޓް ނުދެއްވަ އެވެ. މަޝްވަރާތައް ބޭއްވުން ގާތީ ކޮންމެވެސް ބަޔަކު މެދުވެރިކޮށެވެ.