އެމްއޭސީއެލް

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ލަމްއާނާއި މުޖުތަބާ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރީ މުހައްމަދު ލަމްއާނާއި މުޖުތަބާ ލަތީފެވެ.

ލަމްއާނަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދުވަސްކޮޅަކަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރެއްވި ބޭފުޅެކެވެ. މުޖުތަބާ އަކީ އެމްއޭސީއެލްގައި ކުރިން އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ލަމްއާން އަށް މަގާމު ދެއްވީ މިމަހުގެ އެއްވަނަ ދުވަހު އެވެ. މުޖުތަބާއަށް މަގާމު ދެއްވީ އިއްޔެގެ ވަގުތެއްގައެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ އިބްރާހިމް ޝަރީފް މުހައްމަދު އެވެ.