ބަންދު އަމުރުގެ މައްސަލަތަކުގެ އިސްތިއުނާފް އަޑުއެހުން ސިއްރުކޮށްގެން ކުރިއަށް ގެންދަން ހައި ކޯޓުން ނިންމައިފި އެވެ.
އެ ކޯޓުން ބުނީ އެ ކޯޓުގައި އިސްތިއުނާފް ކުރެވޭ ބަންދު އަމުރުތަކުގެ މައްސަލަތަކުގެ ޝަރީއަތް އަޑުއަހަން ނުވަނދެވޭ ގޮތަށް އެ ކޯޓުން ނިންމި ނިންމުމަށް އަމަލުކުރަން ފަށާނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އެގޮތަށް ހަމަޖެއްސި ނަމަވެސް މަރުގެ މައްސަލަތަކާއި މާރާމާރީގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ބަންދު އަމުރުގެ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގެ ބަންދު އަމުރުގެ ޝަރީއަތް އަޑުއަހަން މީހުން ވެއްދުމުގެ ބާރު އެ މައްސަލައެއް ބަލާ ފަނޑިޔާރުންނަށް އޮންނާނެ ކަމަށް ހައި ކޯޓުން ބުންޏެވެ.
އެގޮތަށް ބައެއް ހާލަތްތަކުގައި ބަންދު އަމުރުގެ މައްސަލަތަކުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލި ނަމަވެސް އެ މައްސަލައެއްގެ ހެކިވެރިއަކަށް ވެދާނެ ފަދަ މީހަކަށް މީހަކަށް އެ އަޑުއެހުމަކަށް ނުވަނދެވޭނެ ކަމަށް ހައި ކޯޓުން ބުންޏެވެ.