ރޮޒައިނާ އާދަމް

މަސްވެރިންގެ ފައިސާ ހަވާލުކުރުން އަވަސްކުރަން ގޮވާލާ ގަރާރެއް

އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް -- ފޮޓޯ: މަޖިލިސް
0%
0%
0%

މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ އަވަހަށް ހަވާލުކުރުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރު ހުށަހެޅުއްވީ އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.

ރޮޒައިނާގެ ގަރާރުގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި މަސްކިރާ ވަގުތުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

މަސްވެރިކަން ކުރާ މަސައްކަތުގެ އަގު މަސްވެރިންނަށް ލިބުމަކީ މަސްވެރިންގެ ހައްގެއް ކަމަށާއި ގައުމުގެ އިގުތިސާދާއި ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ މިފަދަ މުހިންމު ކަމެއްގައި ސަރުކާރުން ވެފައިވާ ވައުދުތަކާއި ގާނޫނުން މަސްވެރިންނަށް ލިބޭ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށްވެސް ގަރާރުގައިވެ އެވެ.

ރޮޒައިނާގެ ގަރާރުގައި ބުނެފައިވަނީ މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބޭކަމުގެ ޝަކުވާ މަސްވެރިން ކުރަމުންދާތާ ދުވަސްތަކެއްވެފައިވާ ކަމަށާއި މަސްވެރިން ކުރަމުން އަންނަ ބުރަ މަސައްކަތަށް ފައިސާ ދިނުމުގައި ދެ މަހަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރުވެސް ފައިސާ ނުލިބުމުން އެކަމުގެ ސަބަބުން މަސްވެރިންގެ ދިރިއުޅުމުގެ ކަންކަމަށް ދަތިވަމުންދާ ކަމަށެވެ.

މަސްވެރި އާއިލާތަކުގެ ޒަރޫރީ ބޭނުންތައް ނުފުދި ދަތިތަކާ ކުރިމަތިލާންޖެހޭކަމުގެ ކަންބޮޑުވުން އެތައް މަސްވެރިންނެއް ފާޅުކުރަމުންދާތީ އާއި އެކަމުގެ ސަބަބުން މަސްވެރިންގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ފޯރަމުންދާތީ މިކަމާ ގުޅިގެން ސަރުކާރުން އަވަސް ފިޔަވަޅެއް އަޅައި މަސްވެރިން ބާނާ މަހަށްވާ ފައިސާ ވީއެންމެ އަވަހަކަށް ހަވާލުކުރުމަށް މި ގަރާރުގައި ވަނީ ގޮވާލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910