ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު މާދަމާ ޔޫއޭއީއަށް ފުރާވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި މާދަމާ ޔޫއޭއީއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެނގިފައިވާ ގޮތުން ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ޔޫއޭއީ އާއި ރާއްޖެއާ ދެމެދު ބައެއް އެއްބަސްވުންތަކުގައި ސޮއިކުރައްވާނެ އެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

މިއީ ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ހަތަރުވަނަ ދަތުރުފުޅެވެ.

ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވިފަހުން ރައީސް މުއިއްޒު ވަނީ ޔޫއޭއީގެ ދުބާއީއަށް ވަޑައިގެންފަ އެވެ.

އެ ދަތުރުފުޅަކީ ކޮޕް28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ކުރެއްވި ދަތުރުފުޅެކެވެ.