ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.
ހައިކޯޓުން މި އަމުރު މިއަދު ނެރުނީ އަމިއްލަ މީހަކު ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
މައްސަލަ ހުށަހަޅާފައި ވަނީ ގުޅިފަޅު ހިއްކާތީ އެ ސަރަހައްދާއި އެ ސަރަހައްދު ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެވެ.
މިމައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ގުޅިފަޅަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ސަރުކާރުން ބިން ހިއްކަން ފެށި މަޝްރޫއެކެވެ.
ގުޅިފަޅު ބިން ހިއްކުން ހުއްޓުވާފައި މިވަނީ އެ ތަނުން ހިއްކި ބިމުން ބައެއް މީހުންނަށް ގޯތި ލިބުނު ކަމުގެ ލިޔުންވެސް ދޫކޮށްފައި ވަނިކޮށެވެ