އާމިނަތު ޝައުނާ

އޯއާރްއާރްއޭއޭގެ ބޯޑު ޑިރެކްޓަރަކަށް ޝައުނާ

އޯޝަން ރިސްކް އެންޑް ރިސިލިއެންސް އެކްޝަން އެލަޔެންސް (އޯއާރްއާރްއޭއޭ)ގެ ބޯޑުގެ ޑިރެކްޓަރަކަށް ރާއްޖޭގެ ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އައްޔަންކޮށްފި އެވެ.

އޯއާރްއާރްއޭއޭ އަކީ އެއްގަމާއި ކަނޑުގެ ވެށީގެ ރައްކާތެރިކަމާއި މޫދާ ގާތް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ތަރައްގީއަށް އިންވެސްޓްމެންޓް ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރާ ޖަމިއްޔާ އެކެވެ.

އޯއާރްއާރްއޭއޭގެ އަމާޒުތަކުގެ ތެރޭގައި 2030 ވަނަ އަހަރުގެ ނިޔަލަށް މޫދާ ގާތް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ތަރައްގީއަށް 500 މިލިއަން ޑޮލަރު އިންވެސްޓުކުރުން ހިމެނެ އެވެ.

އޯއާރްއާރްއޭއޭގެ ބޯޑު މެންބަރަކަށް ޝައުނާ ހޮވުމާ ގުޅިގެން ތިމާވެށީގެ ދާއިރާއަށް އޭނާ ކުރައްވާފައިވާ ހިދުމަތްތައް ބަލައިގަނެ ޝައުނާއަށް މަރުހަބާ ކިޔާފައިވެ އެވެ.

ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓަރު ކަމަށް ޝައުނާ އައްޔަންކުރެއްވީ މެއި 5، 2021 ގައެވެ. އޭގެފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމެންދެން ޝައުނާ މަގާމުގައި ދެމިހުންނެވި އެވެ.