އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ)

އޭއައިއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ވަހީދު

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

މި މަގާމަށް އައްޔަންކުރައްވާފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)ގެ ކުރީގެ ސީއީއޯ މުހައްމަދު ވަހީދު ހުސައިން އެވެ.

އޭނާ އެމްކިޔުއޭގެ ސީއީއޯގެ މަގާމު ފުރުއްވީ 2015 ވަނަ އަހަރުން 2018 ވަނަ އަހަރަށެވެ.

ހުސައިން ވަނީ އެޑިޔުކޭޝަން މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީގައި ކުރިންވެސް މަސައްކަތް ކުރައްވާފަ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ގައިސް ނަސީރު އެވެ.