މޯލްޑިވްސް ޕޮލިސް ސާވިސް

ޕިކަޕެއްގައި ހުތުރު ވައްތަރު ޖެއްސި މީހާ ހައްޔަރުކޮށްފި

ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މީހަކު ހޯދާ ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި މިއަދު ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ހައްޔަރުކުރި މީހާ ވަނީ ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު އެތައް ވައްތަރުތަކެއް ޖައްސާފަ އެވެ. އަދި އެ މަންޒަރުތައް ވީޑިއޯކޮށް އާންމު މީހަކު ވަނީ އެ ވީޑިއޯ ސޯޝަލްމީޑިއާގައި އާންމުކޮށްފަ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ދުވާލުގެ ވަގުތުގައި އެ މީހާ ޕިކަޕެއްގައި ހުރެ ހަޑިހުތުރު ވައްތަރު ޖައްސަމުން އޭނާ ލައިގެން ހުރި ފަޓުލޫނު ވެސް ބާލަ އެވެ.