ހުސްވި ސީޒަނުގައި ބީޖީ އަށް ކުޅުނު ގޯލްކީޕަރު އިބްރާހީމް އިފްރާހު އަރީފް ކުރިއަށް އޮތް ސީޒަނުގައި ވިކްޓަރީ އަށް ކުޅެން ސޮއިކޮށްފި އެވެ.
އިފްރާހުއަކީ މިދިޔަ ސީޒަނުގައި ބީޖީގެ ކެޕްޓަން ވެސްމެ އެވެ. އޭނާ ވިކްޓަރީ އަށް ބަދަލުވިއިރު އެ ޓީމުގެ އެއްވަނަ ކީޕަރުކަން މިދިޔަ ސީޒަނުގައި ކުރި ތޮލާލް ހަސަން ވެސް ޓީމުގައި އެބަހުއްޓެވެ.
ވިކްޓަރީން އާ މެނޭޖްމަންޓަކާއެކު މަސައްކަތް ފަށާފައިވާއިރު ޓީމު ވަރުގަދަ ކުރަން މިހާތަނަށް ވަނީ ބައެއް ދިވެހި ކުޅުންތެރިން ހޯދައިފަ އެވެ. އޭގެ ތެރޭގައި ވެލެންސިއާ އަށް ކުޅުނު ޑިފެންޑަރު އާދިލް އަބުދުއްރަހުމާން ވެސް ހިމެނެ އެވެ.
އިފްރާހު އަކީ ކުރިން ވެލެންސިއާ އާއި ނިއު ރޭޑިއަންޓްގެ ގޯލު ވެސް ބަލަހައްޓާފައިވާ ކީޕަރެކެވެ.