މަސްތުވާތަކެތި

މަސްތުވާތަކެތި ނައްތާލާއިރު އާންމުންނަށް ބައިވެރިވުމުގެ ފުރުސަތު ދެނީ

މަސްތުވާތަކެތި ނައްތާލާއިރު އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ފުލުހުންގެ އިދާރާ އިން ހުޅުވާލައިފި އެވެ.

މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު ރައްޔިތުންގެ ތެރެއިން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާދަމާ ރޭ 10:00 އާ ހަމައަށެވެ.

މިކަމުގައި ބައިވެރިވާން ބޭނުންވާ މީހުން ފުރިހަމާ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު އެނގޭނޭހެން، ޕޮލިސް މީޑިއާއަށް މެއިލް ކުރުމަށްވެސް ފުލުހުން އެދިފައިވެ އެވެ.

ފުލުހުން ބުނީ އާންމު ރައްޔިތުންނަށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މެއިލްކުރާ ތަރުތީބުން ކަނޑައެޅޭ ވަކި މިންވަރަކަށް ކަމަށެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާޗް ތިންވަނަ ދުވަހުގެ ހެނދުނު ދޫނިދޫ ގައެވެ