ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ 33 ޕަސަންޓް ގޮނޑި އަންހެނުންނަށް ހާއްސަކުރަން އިސްލާހެއް

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް -- ފޮޓޯ: އަވަސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ 33 ޕަސަންޓް ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަށް އެމްޑީޕީގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވައިފި އެވެ.

ރޮޒޭނާ އިސްލާހު ހުށަހަޅުއްވާފައިވަނީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް އަކުރުތަކެއް އިތުރު ކުރުމަށެވެ.

އިސްލާހުގައިވާ ގޮތުން އަންހެނުންނަށް ހާއްސަ ކުރާ ގޮނޑިތައް ކަނޑައަޅާނީ ކޮންމެ އިންތިހާބަކާ ދިމާކޮށް ގުރުއަތުލައިގެން އަދި ކޮންމެ ދައުރަކުވެސް ދައުރުވާ ގޮތަށެވެ.

އެ ތަރުތީބުން ހުރިހާ ދާއިރާއެއްގައި އަންހެނުން ތަމްސީލްކޮށް ނިމުމުން އިތުރު ގޮތެއް މަޖިލީހުން ކަނޑައަޅަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެ އެވެ.

މިއިސްލާހު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ އަދަދާއި ދައުރު އިތުރު ކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އެމްޑީޕީން ގަބޫލުކުރާތީ އެވެ. މިއިސްލާހު ފާސްކުރުމަށް މެންބަރުންގެ ތާއީދު ލިބޭނެ ކަމަށް ރޮޒައިނާ އުއްމީދުކުރައްވަ އެވެ.

ރޮޒައިނާ ހުށަހެޅުއްވި މިއިސްލާހު ފާސްވެއްޖެނަމަ މިއިސްލާހުގައިވާ ގޮތަށް މެންބަރުން ހޮވާނީ 2029 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ އެކު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910