ޑރ. މުހައްމަދު މުއިއްޒު

ފެލިދޫ ބިން ހިއްކުން މިއަހަރު ފަށާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ވ. ފެލިދޫގެ ބިން ހިއްކުމުގެ މަސައްކަތް އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި ހިމަނައި، މިއަހަރު އެ މަޝްރޫއު ފަށްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފެލިދޫއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ފެލިދޫގެ ލޭންޑުޔޫސް ޕްލޭންގައި ކަނޑައަޅާފައި އޮތް މިންވަރަށް ބިން ހިއްކުމަށް ރޭވިފައިވާ ކަމަށެވެ.

"އަދި އަމާޒަކީ މިއަހަރުގެ ތެރޭގައި މި މަޝްރޫއު ފަށައި، ކުރިއަށް ގެންގޮސް ވީ އެންމެ އަވަހަށް ނިންމާލުން،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފެލިދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި އަތްފޯރާ ފަށުގައި ހައުސިން ލޯނު ސްކީމުތައް ތައާރަފް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.

ފެލިދޫގެ ތަރައްގީއަށް ރޭވިފައިވާ ކަންކަމުގެ ތެރެއިން، އެރަށު ސްކޫލުގައި އިމާރާތްކުރުމަށް ނިންމާފައިވާ ކްލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލް ބިނާކުރާނީ ބިމުން ބޮޑު ޖާގައެއް ނުގެއްލޭނެހެން، ހަތަރު ބުރި އިމާރާތެއްގެ ގޮތަށް ކަމަށް ރައީސް ވަނީ އިއުލާން ކުރައްވާފަ އެވެ.

މީގެ އިތުރުން ހޮސްޕިޓަލްގެ ފެންވަރު މަތިކޮށްދީ، ކުޅިވަރު ކުޅުމަށްޓަކައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ރައްޔިތުން އެދޭ ގޮތަށް ހައްދަވައިދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345