އަހުމަދު އަޒާން މަރުޒޫގު

ޖޭއެސްސީގެ ކޮމްޕޮޒިޝަން އިސްލާހުކުރަން ބިލެއް ހުށަހަޅަން އަޒާން ގޮވާލައިފި

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު
0%
0%
0%

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމްޕޮޒިޝަން އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވުމަށް ބަންޑާރަ ނައިބަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ގޮވާލައްވައިފި އެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން އިސްލާހުކުރުމަށް އަޒާން ގޮވާލީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހުސައިން ޝަހީދު އައްޔަންކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުންނެވެ.

އަޒާން ވިދާޅުވީ ޖޭއެސްސީއަށް ސިޔާސީ ބޭފުޅުން އައްޔަން ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށާއި އެއީ ރައީސްގެ ވައުދުފުޅެއް ކަމަށެވެ. ޖޭއެސްސީއަށް ސިޔާސީ ބޭފުޅުން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުންވެސް ބޭނުންނުވާނެ ކަމަށް އަޒާން ވިދާޅުވި އެވެ.

"އަޅުގަނޑު ގޮވާލަން ރައީސްގެ ވައުދުފުޅާ އެއްގޮތަށް ދައުލަތުގެ ބަންޑާރަ ނައިބު ޖޭއެސްސީގެ ކޮމްޕޮޒިޝަން އިސްލާހު ކުރައްވަން ވީއެންމެ އަވަހަކަށް ބިލެއް މި އިއްޒަތްތެރި މަޖިލީހަށް ހުށަހަޅުއްވަން. އަޅުގަނޑުމެންގެ އިއްޒަތްތެރި މެންބަރުން މި ތިއްބެވީ އެފަދަ ބިލެއް ހުށަހަޅުއްވައިފިނަމަ ވަގުތުން ފާސްކުރަން ތައްޔާރަށް،" އަޒާން ވިދާޅުވި އެވެ.

އަޒާން ވިދާޅުވީ ޕީއެންސީ އިން އިދިކޮޅުގައި އޮވެ އެންމެ ބާރަށް ދެއްކި ވާހަކައަކީ ޖޭއެސްސީ އިސްލާހުކުރުމުގެ ވާހަކަ ކަމަށާއި ހާއްސަކޮށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމުގެ ވާހަކަ ކަމަށެވެ.

ޖޭއެސްސީ އިސްލާހުކުރުމުގެ ވާހަކަ މިދިޔަ އެމްޑީޕީގެ ސަރުކާރުން ދެއްކިި ނަމަވެސް އެ ވެރިކަން ނިމުނުއިރު އެކަން ނުވާ ކަމަށް އަޒާން ވިދާޅުވި އެވެ. އަދި އޭރު އިދިކޮޅު މެންބަރެއްގެ ގޮތުގައި ހުންނަވާ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ދެ ފަހަރެއްގެ މަތިން ބިލް ހުށަހެޅި ނަމަވެސް ތާއީދު ނުލިބުނު ކަމަށްވެސް އަޒާން ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345