އަހުމަދު އަޒާން މަރުޒޫގު

ޕީއެންސީގެ މަޖިލިސް މެންބަރުންގެ ގުރޫޕުން އަޒާން ބޭރުކޮށްފި

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު -- ފޮޓޯ: އަވަސް
0%
0%
0%

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު މިއަދު ބޭރުކޮށްލައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކޮށްލުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންއިރު ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން އެ ބިލް ބަލައިގަތުމަށް ތްރީ ލައިން ވިޕް ނެރެފަ އެވެ.

ނަމަވެސް މަޖިލީހުގެ މިއަދުގެ ވޯޓު ގަޑީގައި ޕީއެންސީގެ 11 މެންބަރަކު ވޯޓުގައި ބައިވެރި ނުވެ އެވެ. މީގެތެރެއިން 9 މެންބަރުން މާލޭގައި ނޫޅުއްވަ އެވެ. މިއަދުގެ ޖަލްސާއަށް ވަޑައިގެން ވޯޓުގައި ބައިވެރި ނުވާ ޕީއެންސީގެ ދެ މެންބަރުންގެ ތެރެއިން އެއް ބޭފުޅަކީ އަޒާން އެވެ.

މި ބިލް މަޖިލީހަށް ބަލައިގެންފަހުން ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕްގައި ހިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބިލަށް ވަކި ގޮތަކަށް ވޯޓު ދެއްވަން ވިޕްލައިނެއް ކަނޑައެޅުމުން އެއާ ހިލާފުވުމަކީ އެއްވެސް ބޭފުޅަކު ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވަނީ ވިޕްލައިނާ ހިލާފުވި މެންބަރުން އަމަލުކުރެއްވި ގޮތް އެ ޕާޓީން ބަލަމުންދާ ކަމަށެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕުން އަޒާން ބޭރުކުރީ ރައީސް މުއިއްޒާއި ފަލާހުގެ މެސެޖަށްފަހު އެވެ.

މިމައްސަލައިގައި އަޒާން އަދި އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345