ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ރަނގަޅު ގޮތަކީ ނަމާދުކުރާ އަޑު މިސްކިތުގެ ބޭރަށް ނުބެހެއްޓުން: ޝަހީމް

ރަނގަޅު ގޮތަކީ ނަމާދުކުރާ އަޑު މިސްކިތުގެ ބޭރަށް ނުބެހެއްޓުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހީމް އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

އިބްރާހީމް އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އެ ގެ ކައިރީގައި ހުންނަ ގެތަކުގައި އުޅޭ މީހުންނަށް އިޝާ ނަމާދު ކުރެވެނީ މިސްކިތުން ތަރާވީހް ނަމާދުކޮށް ނިމުމުން ކަމަށެވެ.

"ގޭބިސީތަކުގެ ބުޑުގަ ހުންނަ މިސްކިތްތަކުގައި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައްޔާއި ތަރާވީޙު ނަމާދާއި ދަމު ނަމާދުގައި، މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތައް ކުރުން ރަނގަޅީ. ކުޑަކުދިން ނިދާ ގަޑިތަކުގައްޔާއި އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތިނުވާނެހެން ގެންދިއުން ރަނގަޅީ،" އިބްރާހީމް އިސްމާއީލްގެ ޕޯސްޓާއި ގުޅިގެން ޝަހީމް ވިދާޅުވި އެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ބަންގި އާއި ގަމަތް ބޭރަށް ހުއްޓަސް އެންމެ ރަނގަޅު ކަމަށެވެ.