ރައީސް އޮފީސް

ނެޝަނަލް ސައިބަ ސެކިއުރިޓީ އެޖެންސީ އުފައްދައިފި

ރައީސް އޮފީސް
0%
0%
0%

ނެޝަނަލް ސައިބަ ސެކިއުރިޓީ އެޖެންސީގެ ނަމުގައި އިދާރާއެއް އުފައްދައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި މި އިދާރާ ހިންގަމުން ގެންދާނީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުންނެވެ.

މިއިދާރާއަށް ދިވެހި ބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ "ސައިބަ ސެކިއުރިޓީއާ ބެހޭ ގައުމީ އިދާރާ" އެވެ.

މިއިދާރާ ގާއިމުކުރި ބޭނުންތަކުގެ ތެރޭގައި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ސައިބަ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ފާރަވެރިވެ، ގައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުން ހިމެނެ އެވެ. އަދި ސައިބަ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި އަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ސައިބަ ދިފާއީ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވުމަށާއި، ސައިބަ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ގައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްކުރުންވެސް ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345