ހަބަރު

ގެއްލުންދޭ ފަރާތްތަކަށް ފުރުސަތެއް ނެތް: މުއިއްޒު

ދިވެހި ރާއްޖެއަށް ގެއްލުންދޭން މަސައްކަތްކުރާ ފަރާތްތަކަށް ފުރުސަތު ނުދޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އުތީމު ބަނދަރު ރަސްމީކޮށް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މިހާރު ރާއްޖެއިން ފެންނަމުން މިދާ މަންޒަރަކީ މީގެކުރިންވެސް ރާއްޖެއިން ފެނުނު މަންޒަރެއް ކަމަށެވެ. މީގެކުރިން ވެސް ބޭރުގެ ފަރާތްތަކާ ގުޅިގެން ދިވެހިން ގައުމަށް ގައްދާރުވެފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރުން ރާއްޖެއަށް ތަރައްގީ ގެންނަން ކުރާ ކޮންމެ ކަމަކަށް ވެސް ދިވެހި ރައްޔިތުން އެއްބާރުލުންދޭން ޖެހޭ ކަމަށާއި ގައުމަށް ތަރައްގީ ގެނެވޭނީ އޭރުން ކަމަށް ވިދާޅުވި އެވެ.

"މިމަސައްކަތްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް އެއްބާރުންލުންދީގެން ނޫނީ ގައުމަށް ހިޔާނަތްތެރިވާ ހާއިނާތުންގެ މައްޗަށް ގައުމު ދީލާލައިގެން ހިނގައިދާނެ. އަޅުގަނޑުމެންނަށް ފެންނަމުންމުން ދަނީ ގައުމުގައި ފަސާދަ އާއި ކޮރަޕްޝަން ފެތުރުމަށްޓަކައި ބަޔަކު މީހުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށްޓަކައި ރައީސް ޔާމީން ކުރަމުންދާ މަސައްކަތް." މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ފެނިގެން ދިޔައީ ފަސާދަ އާއި ކޮރަޕްޝަން ނައްތާލުމަށް ރައީސް ޔާމީން ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ކުރައްވާނެތީ އެމަނިކުފާނު އަވަހާރަކޮށްލަން މަސައްކަތް ކުރިކަން ކަމަށެވެ. އަދި މިސަރުކާރުގެ ބޮލުގައި އަޅުވަމުންދާ ހަގީގަތެއް ނެތް ތުހުމަތު ތަކަކީ މީހުން ގަބޫލުކުރާނެ ކަންކަމެއް ނޫން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.