ހަބަރު

މަޖިލީހުގެ ތިން މެންބަރަކު ޕީޕީއެމްއާ ގުޅެނީ

Jan 27, 2015
2

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ޕީޕީއެމްގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ތިން މެންބަރަކު އެ ޕާޓީއާ ގުޅޭނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ ޕީޕީއެމްއާ ގުޅެނީ އެމްޑީޕީ މަޖިލިސް މެންބަރަކާއި ޖުމްހޫރީ ޕާޓީގެ ދެ މެންބަރަކު ކަމަށެވެ. ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ޕީޕީއެމްގެ ޖަލްސާ އޮންނާނީ، ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގަ އެވެ. އެ ޖަލްސާގައި އިދިކޮޅު ބައެއް ޕާޓީތަކުގައި ހަރަކާތްތެރިވާ އެކްޓިވިސްޓުންނާއި ގިނަ އަދަދެއްގެ އާންމުން ވެސް ޕީޕީއެމް އަށް ސޮއި ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ އިތުރު ތިން މެންބަރަކު އެ ޕާޓީއާ ގުޅިއްޖެ ނަމަ އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންގެ އަދަދު 46 އަކަށް އަރާނެ އެވެ.

ޕީޕީއެމްގެ ޖަލްސާ އޮންނާނީ، ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގަ އެވެ. އެ ޖަލްސާގައި ރައީސް ޔާމީނާއި މައުމޫން އަބްދުލް ގައްޔޫމް ވެސް ބައިވެރިވާނެ އެވެ.