ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ވޯޓުލުމަށް ބޭނުންވާ ތަކެތި ފޮނުވަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށްޓަކައި އިންތިހާބީ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.

އެގޮތުން ރޭ ފަތިހުން ފެށިގެން އއ، އދ، ވ، މ، ފ އަދި ދ. އަތޮޅުގެ ރަށްތަކަށް ކަނޑުމަގުން ވަނީ ވޯޓު ކަރުދާހާއި ބައެއް އިދާރީ ތަކެތި ފޮނުވަން1 ފަށާފަ އެވެ. އަދި ތ، ލ، ގއ، ގދ. ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ފޮނުވަންޖެހޭ ތަކެތި މިއަދު ވަނީ ވައިގެ މަގުން ފޮނުވަން ފަށާފަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ މިއަދު ކަނޑު މަގުންނާއި ވައިގެ މަގުން ފޮނުވި ތަކެތި މިއަދު ހަވީރު 5:30 އަށް އެ އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކަށް ލިބޭނެ ކަމަށެވެ.

ވޯޓުލުމަށް ބޭނުންވާ ސާމާނާއި އިދާރީ ބައެއް ތަކެތި މާދަމާ ފޮނުވުމަށް ހަމަޖެހިފައިވަނީ ހއ، ހދ، ށ، ނ، ރ، ބ އަދި ޅ. އަތޮޅުގެ ވެރިކަން ކުރާ ރަށްތަކަށް ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.

އީސީ އިން ބުނީ ވޯޓުލުމަށް ބޭނުންވާނެ ހުރިހާ ސާމާނެއް ކުރިއަށް އޮތް ހުކުރު ދުވަހުގެ މެންދުރާ ހަމައަށް އަތޮޅު ތެރޭގެ ހުރިހާ ވޯޓުލާ މަރުކަަޒަކަށް ލިބޭނެ ކަމަށެވެ. އަދި މިމަހުގެ 20 ވަނަ ދުވަހުގެ ސިނާއީ ރަށްތަކާއި ރިސޯޓްތަކާއި ރާއްޖެއަށް ބޭރަށް ފޮނުވަންޖެހޭ ތަކެތި ފޮނުވާނެ ކަމަށްވެސް އީސީ އިން ބުންޏެވެ.

އިންތިހާބީ މަރުކަޒުތަކަށް ބޭނުންވާ އިދާރީ ތަކެތި ފޮނުވަމުންދަނީ ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މަޖިލިސް އިންތިހާބުގައި 602 ވޯޓު ބަހައްޓާއިރު މި އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284،663 މީހަކަށް ލިބިފައިވެ އެވެ.