ހަބަރު

އިންޑޮނޭޝިއާއަށް ހިލޭ ގުޅޭ ގޮތް އުރީދޫއިން ހަދައިފި

އިންޑޮނޭޝިއާގެ ސްމަޓްރާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ގައުމަށް ހިލޭ ގުޅޭނެ ގޮތް އުރީދޫ މޯލްޑިވްސް އިން ހަމަޖައްސައިފި އެވެ. އުރީދޫއިން ބުނީ މިރޭ 12 ޖަހަންދެން އިންޑޮނޭޝިއާއަށް ހިލޭ ގުޅޭނެ ކަމަށެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވަނީ ސްމަޓްރާ ކައިރިއަށް ބިން ހެލުން އައިސްފައިވަނީ 7.9 މެގްނެޓިއުޑްގެ ބާރުމިނުގައި ކަމަށެވެ. މި ބިން ހެލުމާ ގުޅިގެން ސުނާމީ އެލާޓް ނެރެފައިވާއިރު ރާއްޖެއަށް ވެސް ވަނީ ސުނާމީ ވޮޗް އެލާޓް ނެރެފަ އެވެ.

މޫސޫމާބެހޭ އިދާރާއިން ބުނީ ބިން ހެލުމާ ގުޅިގެން އިންޑޮނޭޝިއާ ސަރަހައްދުގައި އުސް ރާޅު ހުރި ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި ނަމަވެސް އޭގެ އަސަރު ރާއްޖެއަށް ފޯރާފާނެ ކަމުގެ އިޝާރާތެއް އަދި ނެތް ކަމަށެވެ. ނަމަވެސް މިހާރު އޮތް ޔެލޯ އެލާޓާއެކު ސްނާމީ އެއް ޖެނަރޭޓްވެދާނެ ތީ ތައްޔާރީ ލާތުގައި ތިބުން މުހިންމު ކަމަށެވެ.

ޑިޒާސްޓާސް މެނޭޖްމެންޓުން ވަނީ ސުނާމީއެއް އަރާފާނެ ކަމަށް ގޮނޑުދޮށަށް ނުދިޔުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ސައްހަ މައުލޫމާތުތައް ހިއްސާކުރުމަށް ވެސް ވަނީ އަންގާފަ އެވެ. އެ މެނޭޖްމެންޓުން ބުނީ، ސުނާމީއެއް އަރާފާނެ ކަމަށް ތިބީ ތައްޔާރަށް ކަމަށެވެ. އަދި އެމްއެންޑީއެފް ވެސް މިކަމަށް ތައްޔާރުކޮށްފައިވާ ކަމަށް ބުންޏެވެ.