ގާސިމް އިބްރާހިމް

ސުޕަ މެޖޯރިޓީ ހޯދީ "ހުސްގޮނޑިއެއް" ބަހައްޓައިގެން ނޫން: ގާސިމް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީން ހޯދި ސުޕަ މެޖޯރިޓީއަކީ ވަކި ބޭފުޅަކަށް "ހުސްގޮނޑިއެއް" ބަހައްޓައިގެން ކުރި މަސައްކަތުން ލިބުނު ނަތީޖާއެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމު އިބްރާހީމު ވިދާޅުވެއްޖެ އެވެ.

ގާސިމު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީން ހޯދި ސުޕަ މެޖޯރިޓީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދިވެހީންގެ މެދުގައި އޮތް އިތުބާރާއި ޔަގީންކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

ގާސިމް ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި އިއްޔެ ބޭއްވި މަޖިލިސް އިންތިހާބު ކާމިޔާބުވުމުގެ ފަހަތުގައި އޮތީ ނުހަނު ހުތޫރަތްތެރި ހާލަތެއްގައި ނުހަނު އިހުލާސްތެރިކަމާއެކު ރައީސް މުއިއްޒާއި އެމަނިކުފާނުގެ ޓީމު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެ ކާމިޔާބަކީ ވަކި ބޭފުޅަކަށް ހުސްގޮނޑިއެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީއްޖާ އެއް ނޫންކަން މިއަދު ރައީސް ޑރ މުއިއްޒުއަށް ރައްޔިތުން ދެއްވި ތާއީދާއި، ދެއްވި ފުރިހަމަ މެޖޯރިޓީން އެވަނީ އެނގިކަށަވަރުވެފައެވެ." ގާސިމް ކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.

މިފަދަ ބޮޑު ކާމިޔާބީއެއް ހޯދިއިރު އެއްވެސް ޖަލްސާއެއްގައި "ހުސްގޮނޑި" ނުވަތަ ވަކި ބޭފުޅެއްގެ "ފޮޓޯ" ބަހައްޓާފައިވަނިކޮށް ފެނިވަޑައިނުގަންނަވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"ހަމަ މިއާއެކު، މިދެންނެވި ހުސްގޮޑި ނިސްބަތްވާ ފަރާތުން ރައީސް ޑރ މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރާއި ގުޅޭ ގޮތުން، ފަތުރުއްވަމުން ގެންދެވި އިހާނެތި ވާހަކަތަކާއި މެދުކެނޑުމެއް ނެތި ކުރިމަތިކުރައްވަމުން ގެންދެވި އަދި ގެންދަވާ ތުހުމަތު ތަކާ ކުރައްވަމުން ގެންދަވާ މިފަދަ ހަޑިހުތުރު އަމަލުތައް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބަލައިނުގަންނަ ކަން މި އަދުގެ ވޯޓުގެ ނަތީއްޖާ އިން ދިވެހީން އެވަނީ ދައްކުވައި ދެއްވާފަ އެވެ." ގާސިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބުނުވުމަކީ ފެންނަން އޮތް ހަގީގަތެއް ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910