މޫސުން

މޫސުން ގޯސްވުމުން މުޅި ރާއްޖެއަށް ވައިޓް އެލާޓް

ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅިގެން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން އެލާޓް ނެރެފައިވަނީ ރޭ ފަތިހު 5:30 އިން މިއަދު ހެނދުނު 10:30 އާއި ހަމައަށެވެ.

އެލާޓްގެ ވަގުތުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.

ނިމިގެން ދިޔަ ހަފްތާގެ ތެރޭގައި ރާއްޖެއަށް ހުޅަނގު މޫސުން ވަނީ ފެށިފަ އެވެ. އޭގެފަހުން ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ މޫސުން ގޯސްވެފަ އެވެ.

މިދުވަސްވަރު މޫސުން ގޯސްވުމާ ގުޅިގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް ކަމާ ގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.