ގްރީން ޓެކްސް

ފެބްރުއަރީގެ ނިޔަލަށް ގްރީން ފަންޑުގައި 1.2 ބިލިއަން ރުފިޔާ

ހުޅުމާލޭގެ މެރީނާ ބީޗް ސަރަހައްދު -- ފޮޓޯ: އަވަސް
0%
0%
0%

ގްރީން ފަންޑުގައި މިދިޔަ ފެބްރުއަރީ މަސް ނިމުނުއިރު 1.2 ބިލިއަން ރުފިޔާ ހުރި ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ގްރީން ފަންޑަށް 202 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. އަދި މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ގްރީން ފަންޑުން 94 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިދިޔަ ފެބްރުއަރީ މަހު އެކަނިވެސް ގްރީން ފަންޑަށް 102 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.

ގްރީން ފަންޑުން މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ މަޝްރޫއަށެވެ. އެގޮތުން ފެބްރުއަރީ މަހު އެކަނި މި މަޝްރޫއަށް 14 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.

ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345