ހަބަރު

50 އަހަރުން މަތީ މީހުންގެ ލޮލުގެ މައްސަލަތައް ސާވޭ ކުރަނީ

Mar 3, 2016
1

އުމުރުން 50 އަހަރުން މަތީ މީހުންގެ ލޮލުގެ މައްސަލަތައް ހުރިނެތް ގޮތް ބަލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ސާވޭއެއް ފަށައިފި އެވެ.

މި ސާވޭ ކުރިޔަށް ގެންދަނީ "ރެޕިޑް އެސެސްމެންޓް އޮފް އެވޮއިޑަބަލް ބްލައިންޑްނެސް ސާވޭ" (ރާބް) ގެ ނަމުގަ އެވެ. ސާވޭ ހަދަނީ އެޗްޕީއޭގެ އެންވައިރަންމެންޓަލް އެންޑް އޮކިއުޕޭޝަނަލް ހެލްތު ސެކްޝަންގެ ފަންނީ އެހީ ހޯދައިގެނެވެ.

އެޗްޕީއޭއިން ބުނީ މިދިއަ މަހު ފެށި އެ ސާވޭ ހަދަނީ އިންޓަނޭޝަނަލް އެޖެންސީ ފޯ ޕްރިވެންޝަން އޮފް ބްލައިންޑްނެސް އާއި ގުޅިގެން ކަމަށާއި ސާވޭ ހެދުމަށް ލޮލުގެ ހާއްސަ ޑޮކްޓަރަކު ހިމެނޭ ޓީމްތަކެއް އަތޮޅުތަކާއި ވެރިރަށް މާލޭގައި ހަރަކާތްތެރިވާއިރު ސާވޭ އަށް ހޮވިފައިވާ 62 ކްލަސްޓާ ގެ ތެރެއިން މިހާތަނަށް އުތުރުގެ އަތުޅުތަކުން 15 ކްލަސްޓާ އަދި މާލެއިން ހަތް ކްލަސްޓާ ނިންމައި ސާރވޭ ކުރަން ހަމަޖެހިފައިވާ 3100 މީހުންގެ ތެރެއިން 1120 މީހުން ވަނީ ސާވޭ ކޮށްފައިވާ ކަމަށެވެ.

މި ސާވޭގެ ސަބަބުން 50 އަހަރުން މަތީ މީހުންގެ ލޮލުގެ މައްސަލަތައްހުރި މިންވަރާއި ހިދުމަތް ލިބިގަތުމުގައި ހުރި ގޮންޖެހުމުގެ މައުލޫމާތު އެއްކުރެވޭނެ އެވެ. އަދި އެ މައުލޫމާތުތަކުގެ އެހީގައި މިހާރު ދެވޭ ހިދްމަތްތައް ހަރުދަނާ ކުރެވޭނެ އެވެ.