ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ އެ ގައުމުގެ ސްޓޭޓް އޮފް ޓްރޭޑް މިނިސްޓަރު ގްރެގް ހޭންޑްއާ ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާ ތަރައްގީކުރުމަށް އިނގިރޭސިވިލާތުގެ ތަޖުރިބާ ހޯއްދަވާނެ ކަމަށެވެ.
މީގެ އިތުރުން އެގައުމާއެކު ސޮއިކުރުމަށް މަސައްކަތް ކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އިތުރަާށް ފުޅާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމުގައި މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ އެ ގައުމުގެ މާލީ ދާއިރާގެ ކުންފުނިތަކާ ބައްދަލުކުރައްވާފަ އެވެ.