ދުނިޔެ

ޔޫރަޕިއަން ޔޫނިއަނުން ޓައިވާން ބަލައެއް ނުގަންނާނެ: ބޮރެލް

ޔޫރަޕިއަން ޔޫނިއަންގެ ހާރިޖީ ސިޔާސަތާ ބެހޭ ސަފީރު ޖޯސެފް ބޮރެލް -- ޔޫރަޕްގެ އިއްތިހާދުން ޓައިވާން ދައުލަތެއްގެ ގޮތުގައި ބަލައިނުގަންނާނެ ކަމަށް ވިދާޅުވި
0%
0%
0%

ޓައިވާން ހިމެނޭ ގޮތުން އެ ސަރަހައްދުގައި ހަނގުރާމައެއް ފެށިގެން ނުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ހާރިޖީ ސިޔާސަތާ ބެހޭ ސަފީރު، ޖޯސެފް ބޮރެލް ވިދާޅުވެއްޖެ އެވެ.

ބޮރެލް ވިދާޅުވި ގޮތުގައި ޔޫރަޕްގައި ދަމަހައްޓަން ޖެހޭނީ އެއް ސިޔާސަތެއް ކަމަށާއި -- ވަން ޗައިނާ ސިޔާސަތުގެ ދަށުން ޓައިވާން އަކީ ދައުލަތެއް ކަމަށް ޔޫރަޕްގެ އިއްތިހާދުން ގަބޫލުނުކުރާނެ ކަމަށެވެ. ހަނގުރާމައަކަށް މަގުފަހިވާނެ އެއްވެސް ކަމެއް ޔޫރަޕުން ކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓައިވާންއާ އެކު މިހާރު އޮތް ގުޅުން އެ ގޮތުގައި ދަމަހައްޓާވާނެ ކަމަށާއި އެކަމަކު އެއީ ދައުލަތެއްގެ ސިފައިގައި ނޫން ކަމަށެވެ.

ވަން ޗައިނާ ސިޔާސަތް ގަބޫލުކުރާ އެއްވެސް ގައުމަކުން ޓައިވާން އަކީ ވަކި ގައުމެއް ކަމަށް ގަބޫލެއް ނުކުރެ އެވެ. އެކަމަކުވެސް ޓައިވާންގެ ވިސްނުމަކީ އެ ސިޔާސަތުން ބޭރުވެ ވަކި ދައުލަތަށް ވުމެވެ.

ޓައިވާން އަކީ އދ ގައިވެސް ވަކި ދައުލަތެއް ނޫނެވެ. އދއިން ވެސް ޓައިވާނަށް އެ ޝަރަފު ދޭކަށް ބޭނުމެއް ނުވެ އެވެ.

ޗައިނާ ގަބޫލުކުރާ ގޮތުގައި ޓައިވާން އަކީ ޗައިނާގެ ބައެކެވެ. ޗައިނާއާ ތަންކޮޅެއް ދުރުގައި ވަކި ރަށެއް ގޮތަށް އޮތް ނަމަވެސް ޓައިވާން އޮންނަން ޖެހޭނީ ޗައިނާގެ މައި ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށް ޗައިނާ ގަބޫލުކުރެ އެވެ.

ޓައިވާންގައި ވަކި ވެރިކަމެއް އޮތުމަކީ ޗައިނާ ބުނާ ގޮތުން އެންމެ ރަނގަޅު ކަމެކެވެ. އެކަމަކު އެއީ ދައުލަތެއްގެ ސިފަ ނުޖައްސައި، އެ ސަރަހައްދު ހިންގުމަށް އޮންނަ ސަރުކާރަށް ވާން ޖެހޭ ކަމަށް ޗައިނާ ބުނެ އެވެ.

ބޮރެލް ވިދާޅުވި ގޮތުގައި ޓައިވާންގެ މުހިއްމުކަން ޔޫރަޕަށް ވަރަށް ބޮޑެވެ. އިގުތިސާދީ ގޮތުން ޓައިވާންގެ ބޭނުންތެރިކަން ޔޫރަޕުން ބަލައިގަންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބޮރެލް ވިދާޅުވީ ޓައިވާންގައި އުފައްދާ މައިކްރޮޗިޕާއި ވިޔަފާރި މުދަލަކީ ޔޫރަޕް އިގުތިސާދަށް މުހިންމު އުފެއްދުންތަކެއް ކަމަށެވެ. އިގުތިސާދީ ގޮތުން ޓައިވާންއާ އެކު ގުޅުން ބަދަހިކުރިއެއް ކަމަކު، ދައުލަތެއްގެ ގޮތުގައި ޓައިވާންއާ އެކު މުއާމަލާތް ނުކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910