ޓައިވާން އަކީ އިގުތިސާދީ ގޮތުން ޔޫރަޕަށް ވަރަށް މުހިންމު ރަށެއް ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ ސަފީރު ޖޯސެފް ބޮރެލް ވިދާޅުވެއްޖެ އެވެ.
މި ސަބަބަށްޓަކައި އޭނާ ވިދާޅުވީ ޓައިވާން ކަނޑުއޮޅީގައި ފޯރިމެރުމަކީ ޔޫރަޕް ގައުމުތަކުގެ ސިފައިންނަށް ލާޒިމުކަމެއް ކަމަށެވެ.
ފަރަންސޭސި ނޫހެއްގައި ޖޯސެފް ބޮރެލްއާ ހަވާލާދީ ލިޔެފައި އޮތް ލިޔުމެއްގައި ބުނެފައިވަނީ އިގްތިސާދީ ގޮތުންނާއި ޓެކްނޮލޮޖީ ގޮތުންވެސް ޓައިވާން ޔޫރަޕަށް މުހިންމެ ކަމަށެވެ. އަދި ދުނިޔެގޭ ބިމުގެ ސިޔާސަތަށް ބެލި ނަމަވެސް ޓައިވާން އަކީ ޔޫރަޕަށް ދޫކޮށްލެވެން ނެތް ބިމެއް ކަމަށެވެ.
ޓައިވާން ހިމާޔަތްކުރުމަށް ޔޫރަޕް އެކުއެކީގައި ފޫގަޅާފައި ތިބިކަން ދައްކަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ޓައިވާން އޮތީ ޔޫރަޕްގެ މަސްލަހަތާ ވަރަށް ބޮޑަށް ގުޅިފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ ސުލްހައަށް ތާއީދުކުރާ ޖަމާއަތެއްގެ ގޮތުގައި ޔޫރަޕް ދެކެނީ ޓައިވާން އޮންނަން ޖެހޭނީ ޔޫރަޕްގެ ހިމާޔަތުގައި ކަމަށްވެސް ޖޯސެފް ބޮރެލް ވިދާޅުވި އެވެ.
ޓައިވާންއާ ދެކޮޅަށް ބަޔަކު ފިޔަވަޅެއް އަޅައިފިނަމަ، އެކަމާ ދެކޮޅު ހެދުމަކީ ރީތި ސިފައަކަށް ވާތީ އެކަން ކުރަންޖެހޭނެ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ. ޓައިވާ އާއި ޓައިވާން ވަށައިގެން އޮތް ކަނޑުގެ ހިމާޔަތުގައި ތިބުމަކީ ޔޫރަޕަށް އޮތް ވަރަށް ބޮޑު ފައިދާއެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގައި ސެމީކޮންޑަކްޓަރުގެ ސިނާއަތަށް ބެލި ނަަމަވެސް ޓައިވާންއާ ފައިހަމަކުރެވޭ ވަރުގެ ފެކްޓަރީތަކެއް ނެތް ކަމަށް ބޮރެލް ވިދާޅުވި އެވެ. ޔޫރަޕަށް ބޭނުންވާ ޓެކްނޮލޮޖީ ޗިޕްތައް އެޅިގެން ނުކުންނަނީ ޓައިވާންގެ ފެކްަޓަރީތަކުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޓައިވާން ހިމާޔަތްކުރުމައި އެމެރިކާ ބުނާހައި ގޮތެއް ހަދައި އެކު އޮތުމަކީ އަޅުވެތިވުމެއް ނޫން ކަމަށް ބޮރެލް ވިދާޅުވި އެވެ. ޔޫރަޕްގެ އިސްތިގުލާލާ މެދު ޔޫރަޕްގެ ގައުމުތަކުން ވިސްނާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާ އާއި ޔޫރަޕުން ޓައިވާން މާގާތްކޮށްގެން އުޅޭ އުޅުމަށް ޗައިނާ ފާޑުކިޔަ އެވެ. ޓައިވާނާ މެދު މިނިވަން ދައުލަތެއްގެ ސިފާގައި މުއާމަލާތްކުރުމަކީ އެއްގޮތަކަށް ވެސް ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ޗައިނާ ބުނެ އެވެ.
ޗައިނާ ގަބޫލުކުރާ ގޮތުގައި ޓައިވާން އޮންނަން ޖެހޭނީ ބެއިޖިންގެ ދަށުގަ އެވެ. ސިޔާސަތު ކަނޑައަޅާ ބަޔަކަށް ވާން ޖެހޭނީ ޗައިނާގެ މައި ސަރުކާރެވެ.