އީރާނުގެ ރައީސް ޑރ. އިބްރާހީމް ރައީސީ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އީރާނުގެ ރައީސާއި ފޮރިން މިނިސްޓަރު އަވާހަރަވުމަކީ ލިބިވަޑައިގެންނެވި ފުން ހިތާމައެއް ކަމަށެވެ.
މިހިތާމަވެރި ހާދިސާގައި މަރުވި ބޭފުޅުންގެ ފުރާނައަށް ހެޔޮ ރަހުމަތް ލެއްވުމަށް އެދި ދުއާ ކުރެއްވުމާ އެކު މަރުވި ބޭފުޅުން އާއިލާތަކަށް ތައުޒިޔާ ދަންނަވާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސީއާއި ހާރިޖީ ވަޒީރު އަދި އެބޭފުޅުންނާ އެކު ދަތުރުކުރެއްވި ބޭފުޅުން އަވަހާރަވީ އަވަށްޓެރި އަޒަރުބައިޖާން އާއި އީރާންއާ ގުުޅޭ ސަރަހައްދުގައި ޑޭމެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ހެލިކޮޕްޓަރުގައި ވަޑައިގަންނަވަނިކޮށް އެ އުޅަނދު ވެއްޓުމާ ގުޅިގެންނެވެ.