ބޭރު ކުޅިވަރު

ޗެމްޕިއަންސް ލީގު ފައިނަލަށް ގޯލް ލައިން ޓެކްނޮލޮޖީ

މި އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ގޯލް ލައިން ޓެކްނޮލޮޖީ ބޭނުން ކުރަން ނިންމައިފި އެވެ.

މީގެ އިތުރުން ޔޫރޮޕާ ލީގުގެ ފައިނަލުގައި ވެސް މި ޓެކްނޮލޮޖީ ބޭނުން ކުރާނެ ކަމަށް ޔޫއޭފާއިން ވަނީ ބުނެފަ އެވެ.

ޔޫރަޕުގެ މައި ފުޓްބޯޅަ ޖަމިއްޔާއިން މިދިޔަ ޖެނުއަރީ މަހު ބުނަމުން އައީ ޗެމްޕިއަންސް ލީގާއި މި އަހަރުގެ ޖޫން މަހު ފްރާންސްގައި ބާއްވާ މުބާރާތުގައި ގޯލް ލައިން ޓެކްނޮލޮޖީ ބޭނުން ކުރާނެ ކަމަށެވެ.

ގޯލް ލައިން ޓެކްނޮލޮޖީ އެންމެ ފުރަތަމަ ތައާރަފް ކުރީ 2013 އަދި 2014 ވަނަ އަހަރުގެ ސީޒަނުގައި އިނގިރޭސި ޕްރެމިއާ ލީގުގަ އެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ފީފާއިން ވެސް ވަނީ މި ޓެކްނޮލޮޖީ ބޭނުންކޮށްފަ އެވެ.

މި އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭނީ މޭ 28ގައި އިޓަލީގެ މިލާންގެ ސެންސީރޯ ސްޓޭޑިއަމުގަ އެވެ. ޔޫރޮޕާ ލީގު ކުޅޭނީ މޭ 18ގަ އެވެ.