ދިރާގު

ދިރާގުން "ބެކް ޓު ސްކޫލް" އޮފާތަކެއް ތައާރަފްކޮށްފި

ދިރާސީ އައު އަހަރު ފެށުމާ ދިމާކޮށް "ބެކް ޓު ސްކޫލް"ގެ ނަމުގައި ދިރާގުން ހާއްސަ އޮފައެއް ލޯންޗުކޮށްފި އެވެ.

މި އޮފާގެ ދަށުން އެ ކުންފުނިން ވަނީ އައު ދިރާގު ފައިބަ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓަރު އަދި ހިލޭ ސެޓް-އަޕް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށާފަ އެވެ.

މިމަހު 31ގެ ނިޔަލަށް ކުރިއަށްދާ މި ހާއްސަ އޮފަ ދިރާގުގެ ކޮންމެ ފައިބަ ބްރޯޑްބޭންޑް ޕެކޭޖެއް ނަގާ ފަރާތަކަށްވެސް ލިބެ އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވަމުންދާ ކުދިންނަށާއި މަސައްކަތްކުރާ ޓީޗަރުންނަށް ހައިސްޕީޑް އިންޓަނެޓްގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުން ކަމަށެވެ.

ދިރާގުން އިތުރަށް ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހުރިހާ އުމުރު ފުރައަކަށް އެކަށޭނަ ގޮތަށް ފަރުމާކޮށް އަދި ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުން ކަމަށެވެ.