މިފްކޯ

މިފްކޯގެ ސީއީއޯ ސަމާހު މަގާމުން ވަކިކޮށްފި

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ސަމާހު ރަޝީދު މަގާމުން ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ސަމާހް މިފްކޯގައި ހުންނެވި މަގާމުންނާއި އެ ކުންފުނީގެ ބޯޑު މެންބަރު ކަމުން ވަކިކުރައްވާފައިވާ ކަމަށް ބުނެފަ އެވެ. އެކަމަކު ވަކިކުރި ވަކި ސަބަބެއް ނުބުނެ އެވެ.

ސަމާހް މިއަދު މަގާމުން ވަކިކޮށްފައި މިވަނީ މިދިޔަ މާޗް 18 ވަނަ ދުވަހު އޭނާ މަގާމުން ސަސްޕެންޑްކޮށްފައި ބެހެއްޓުމަށްފަހު މިދިޔަ އޭޕްރީލް މަހުގެ ތިންވަނަ ހަފްތާގެ ތެރޭގައި ސަސްޕެންޝަން އުވާލިވެސް ފަހުންނެވެ.

ސަމާހް ސަސްޕެންޑް ކުރީ ސިޔާސީ ބޭނުންތަކަށް މިފްކޯގެ އިމާރާތެއް ބޭނުންކުރުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބައެއް މީހުންނަށް ވަޒީފާ ދިނުމާއި ނިމިގެން ދިޔަ މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓުންނަށް ހަދިޔާ ދިނުން ފަދަ ކަންކަން ކުރުމާ ގުޅިގެންނެވެ.