މޫސުން

މޫސުން ގޯސް، އޮރެންޖް އެލާޓްގެ ވަގުތު އިތުރުކޮށްފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އޮރެންޖް އެލާޓްގެ ވަގުތު އިތުރުކޮށްފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ފަތިހު އޮރެންޖް އެލާޓް ނެރުނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ރަށްތަކަށް މިއަދު ހެނދުނު 8:15 އާ ހަމަށެވެ.

ނަމަވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިހާރު ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅުގެ ރަށްތަކަށް މިއަދު ހެނދުނު 11:00 އާ ހަމައަށް އޮރެންޖް އެލާޓް ނެރެފަ އެވެ.

މި ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ކަނޑުތައް ގަދަ ދުވަސްވަރަކަށްވާތީ ކަނޑުދަތުރުކުރާ މީހުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.