ފާތުމަތު ދީމާ

ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ދީމާ

0%
0%
0%

ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ރާއްޖޭގެ އެއްވަނަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ހަމަޖައްސައިފި އެވެ.

މިކަމަށްޓަކައި ދިރާގުން ބޭއްވި ރަސްމިއްޔާތެއްގައި އެމްބެސިޑާޝިޕް އޭނާއާ ހަވާލުކުރީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ.

ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން، ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގުގެ އެމްބެސެޑަރަކަށް ދިމާ ހަމަޖެއްސުމަކީ އެ ކުންފުންޏަށް ލިބޭ ފަހުރެއް ކަމަށެވެ. ދީމާ އަކީ އެތައް ބަޔަކު ނަމޫނާއަކަށް ބަލަމުންދާ އަދި މުޅި ގައުމު ފަހުރުވެރިވާ ދަރިއެއް ކަމަށްވެސް ވިދާޅުވި އެވެ.

ދިމާ ބުނީ ދިރާގުން އަބަދުވެސް އެހީތެރިކަން ލިބޭ ކަމަށާއި އެހެންވެ އެ ހުރިހާ ކަމަކަށް އަދި އެމްބެސެޑަޝިޕް ލިބުމުން ވަކިން ބޮޑަށް ދިރާގަށް ޝުކުރު އަދާކުރާ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖެއަށް ރީތި ނަން ހޯދައިދޭން މަސައްކަތް ކުރާނެ ކަމުގައިވެސް ބުންޏެވެ.

ދީމާ ވަނީ މިއަހަރު ދެކުނު އޭޝިއާ ސަރަހައްދުގައި ބޭއްވި އޮލިމްޕިކް ކޮލިފައިން މުބާރާތް ކާމިޔާބުކޮށް އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ހޯދާފަ އެވެ.

ދިރާގުގެ ބްރޭންޑް އެމްބެސެޑަޝިޕް ޕްރޮގްރާމު ކުރިއަށް ގެންދާތާ 10 އަހަރު ވެފައިވާއިރު މިމުއްދަތުގެ ތެރޭގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ޝަހްސިއްޔަތުތަކެއް ވަނީ ދިރާގުގެ އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910