ފާތުމަތު ދީމާ

ސައުދީ ސަފީރު، ދީމާއާ ބައްދަލުކުރައްވާ ހިތްވަރު ދެއްވައިފި

ދީމާ، ސައުދީ ސަފީރާ އެކު
0%
0%
0%

އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ހޯދި ރާއްޖޭގެ އެއް ނަންބަރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ހޯދި ކާމިޔާބީ، ސައުދި އަރަބިއްޔާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މަތުރަކް އަބްދުﷲ އަލްއަޖާލީން ފާހަގަކުރައްވައިފި އެވެ.

ސަފީރު ވަނީ ދީމާ މިއަދު ބައްދަލުކުރައްވައި ދީމާ ހޯދި ކާމިޔާބަށް މަރުހަބާ ވިދާޅުވެ އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރު ދެއްވާފަ އެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގައި ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި އޭނާގެ މަންމަ އައިޝަތު ވަހީދާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭ)ގެ ރައީސް އަލީ ރަޝީދުވެސް ބައިވެރިވި އެވެ.

މިބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ދިވެހި އެތުލީޓުންނަށް ކިޔެވުމާ އެކު ކުޅިވަރު ކުޅެން ސައުދީން ފުރުސަތު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ސައުދީ އަކީ ރާއްޖޭގައި ޓީޓީ ކުރިއަރުވަން މީގެކުރިންވެސް އެހީތެރިކަން ފޯރުކޮށްދީފައިވާ ގައުމެކެވެ. އެގޮތުން ފުވައްމުލަކާއި އައްޑޫގައި ކުރިއަށް ގެންދާ ޓީޓީގެ ޑިވެލޮޕްމެންޓް ޕްރޮރާމްތަކަށް ސައުދީން އެހީތެރިވެ އެވެ.

އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ދީމާ ހޯދާފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް މީގެކުރިން ވަނީ ދީމާއަށް މަރުހަބާ ވިދާޅުވެ ހިތްވަރު ދެއްވާފަ އެވެ.

މިއަހަރުގެ ޖުލައި މަހު ފްރާންސްގެ ވެރިރަށް ޕެރިސްގައި ފަށާ އޮލިމްޕިކްސްގައި ދީމާ ބައިވެރިވާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345