ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ޕީއެންސީގެ އެސްޖީގެ މަގާމަށް ޒީނާޒް

ވެރިކަން ކުރާ ޕީއެންސީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ޒީނާޒް އަދުނާން ހަމަޖައްސައިފި އެވެ.

ޕީއެންސީ އިން މިރޭ ބުނީ އެ ޕާޓީގެ އާ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މިއަދު ޒީނާޒް ހަމަޖައްސާފައިވާ ކަމަށެވެ.

ޒީނާޒް އަކީ ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފްގެ އަނބިކަނބަލުންނެވެ.

ޒީނާޒް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފަ އެވެ.