މޯލްޑިވްސް ޕޮލިސް ސާވިސް

ވިލިމާލޭގައި ދިރިއުޅޭ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ވިލިމާލޭގައި ދިރިއުޅޭ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ހޯދަނީ ތ. މަޑިފުށި / ނައިޓްރޯސް، އައިޝަތު ޒޯޔާ ފިކުރީ (14އ) އެވެ.

ފުލުހުން ބުނީ ޒޯޔާގެ އާއިލާއަށް ހަބަރެއް ނުވެ އެ ކުއްޖާ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ ޒޯޔާ އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެކުއްޖާ ދިރިއުޅޭ ވ. ނާލިސް ގެއިން ކަމަށް އާއިލާ އިން ބުނާ ކަމަށެވެ.

ޒޯޔާގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ އެ މައުލޫމާތު ވީހާވެސް އަވަހަށް ހިއްސާކުރުމަށްވެސް ފުލުހުން އެދިފައިވެ އެވެ.