ދުނިޔެ

ޖަރުމަނުން މިވަގުތު ފަލަސްތީން ބަލައެއް ނުގަންނާނެ: ޗާންސެލަރު

ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް ވިދާޅުވި ގޮތުގައި، ފަލަސްތީނަކީ ދައުލަތެއް ގޮތުގައި އޭނާގެ ސަރުކާރުން މިވަގުތު ބަލައެއް ނުގަންނާނެ އެވެ. ސަބަބެއް ކަމަށް ވިދާޅުވީ ނަންވެ ކަންނުވާން އެދިވަޑައި ނުގަންނަވާތީ ކަމަށެވެ.

ފަލަސްތީނަށް ދައުލަތެއްގެ ނަން ދިނުމަކުން އަދި މިވަގުތު އެއްވެސް ކަމެއް ކުރެވެން ނެތް ކަމަށް ވެސް ޗާންސެލަރު ވިދާޅުވި އެވެ.

އިޒުރޭލުގެ އަމަލުތައް އެ ގޮތުގައި ހުއްޓައި، ފަލަސްތީނަށް ދައުލަތެއްގެ ނަން ދިނުމަކުން އެއްވެސް ކޮޅެއްގައި ނުޖެހޭނެ ކަމަށް އޯލަފް ޝޯލް ވިދާޅުވި އެވެ.

ފަލަސްތީނަށް އިމެއް ކަނޑައެޅިފައި ނެތްއިިރު މިނިވަން ދައުލަތަކަށް ހަދައިގެން ގައުމު ހިންގާނެ ގޮތެއް އެކުލަވާލެވިފައި ނެތް ކަމަށް ޖަރުމަނުގެ ޗާންސެލަރު ވިދާޅުވި އެވެ.

އޯލަފް ޗޯލްޒް ދެކެވަޑައިގަންނަވާ ގޮތުގައި، ފަލަސްތީންގެ މަސްރަހު މިހާރު އޮތް ހިސާބުން މަޝްވަރާކުރުމަށް ވުރެ މުހިންމު ކަމެއް ނެތް ކަމަށެވެ.

މަޝްވަރާކުރުމަކީ ހަމައެކަނި ފަލަސްތީނާ އިޒުރޭލާ ދެމެދު ކުރެވޭ މުއާމަލާތްތަކަކަށް ހެދުމުގެ ބަދަލުގައި، މަޝްވަރާކުރެވެން ޖެހޭނީ ބައިނަލްއަގްވާމީ ހައިސިއްޔަތެއް އޮތް ގުނަވަނަކުން ކަމަށް ވެސް ޗާންސެލަރު ވިދާޅުވި އެވެ.

އދ ފަދަ ގާނޫނީ ބާރުތަކެއް ލިބިދީފައި އޮތް އޭޖެންސީއަކުން އިސްނަގައިގެން ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދިނުން އައުލާކަން ބޮޑު ކަމަށް ވެސް ޗާންސެލަރު ވިދާޅުވި އެވެ.

އިޒުރޭލާ ފަލަސްތީންއާ ދެމެދު ރޫޅިގެން ނުދާވަރުގެ އެއްބަސްވުމަކަށް އަންނަންވީ ކަމަށް ވެސް ޗާންސެލަރު ވިދާޅުވި އެވެ.

އެއްބަސްވެވޭ އެއްބަސްވުންތައް އެއީ، އިޒުރޭލަށް ފެނުމުން އުވާލެވިގެންވާނެ އަހުދަކަށް ވެގެން ނުވާނެ ކަމަށް ވެސް ޝޯލްޒް ވިދާޅުވި އެވެ.

ފަލަސްތީނަށް ދައުލަތެއް ހަމަޖެހޭއިިރު، ހުޅަނގު ސަހަރާ އަދި މުޅި ޣާއްޒާވެސް އޮންނަން ޖެހޭނީ ފަލަސްތީންގެ އިދާރީ ދާއިރާއެއްގެ ގޮތުގައި ކަމަށް ވެސް ޗާންސެލަރު ވިދާޅުވި އެވެ.

ޗާންސެލަރު ވިދާޅުވި ގޮތުގައި ފުރަތަމަ ކުރަން އޮތް ކަމަކީ ދެ ދައުލަތަށް މަޝްވަރާކުރުން ކަމަށެވެ. މިނިވަން ދައުލަތެއްގެ ވާހަކަދައްކާނީ އެއަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.