ޑރ. މުހައްމަދު މުއިއްޒު

ތިމާވެށީގެ މަޝްރޫއުތަކަށް ފަންޑު ލިބުން ދަތި: ރައީސް

ފުށިދިއްގަރުފަޅު ހިއްކަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވަޑައިގަންނަވާފައި -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރާއްޖޭގައި ކުރިއަށް ގެންދަން ބޭނުންވާ ތިމާވެށީގެ މަޝްރޫއުތަކަށް ފައިސާ ލިބުން ދަތި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަޝްހޫރު "ދަ ގާޑިއަން" އަށް އޮޕީނިއަންއެއްގެ ގޮތުގައި ރައީސް ލިޔުއްވި ލިޔުމެއްގައި ވިދާޅުވީ އެމަނިކުފާނު ވެރިކަމުގައި ތަރައްގީކުރަން ފެށި ރަސްމާލެ މަޝްރޫއަކީ އިކޯ ސިޓީއެއް ކަމަށެވެ. ނަމަވެސް މިފަދަ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ނުލިބުމަކީ ކަންބޮޑުވުމެއް ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތިމާވެށީގެ މައްސަލަތަކާ ގުޅިގެން ވަކިން ހާއްސަކޮށް ދުނިޔެ ހޫނުވަމުންދާތީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ދަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން ކަމަށެވެ. ރާއްޖެ ފަދަ ގައުމުތަކަށް ތިމާވެށީގެ ފަންޑުގެ ގޮތުގައި ލިބެނީ ކުޑަ އެހީތެރިކަމެއް ކަމަށާއި އެކަމަކު ހިތްވަރާއެކު އެކަންކަމާ ކުދި ގައުމުތައް ކުރިމަތިލާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ވެރިރަށް -- މާލެ އަކީ ނިޔު ޔޯކް ސެންޓްރަލް ޕާކަށް ވުރެ ދެގުނަ ބޮޑު ރަށަކަށްވެފައި، އާބާދީ އެންމެ ބޮޑު އެއް ސިޓީ ކަމަށެވެ. މި ސަބަބަށްޓަކައި އިންޑިއާގެ ކަނޑުގައި ހުޅުމާލެ ނަމުގައި ތަނެއް ތަރައްގީ ކުރިއިރު ކޮށްފައިވަނީ ކަނޑުގެ ލޮނުގަނޑު ސަތަހައިން ފެށިގެން 2 މީޓަރު އުސްކޮށް ކަމަށެވެ. އޭރުމް މޫސުމުގެ ސަބަބުން ބިންދާލާ ގަދަފަދަ ރާޅުތަކުން އައްސޭރިފަށާއި ފަރު ރައްކާތެރިވާނޭ ކަމަށްވެސް ވިދާޅުވި އެވެ.

"ބޭރު ފަރާތްތަކުން ދޭ ފަންޑިން ލިބިއްޖެނަމަ މޫސުމީ ކާރިސާތަކަށް ތައްޔާރުކޮށްދޭ އަދި އެފަދަ ކަންކަމުން އަރައިގަންނަން އެހިވެދޭނެ ކަން ބައިނަލްއަގްވާމީ މުޖުތަމައަށް ވިސްނެންޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބްރިޖް ނުވަތަ ކޯޒްވޭއަކުން ޖަޒީރާ ރަށްތަށް ގުޅުވާލަނީ ތަރައްގީކުރަން ފަސޭހައަކަށް އަދި ތައުލީމާއި ސިއްހަތް ފަދަ ޒަރޫރީ ބޭނުންތައް ފަސޭހައިން ހަމަޖެހޭނެ ގޮތް ހެދުމަށް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މުސްތަގުބަލުގައި މޫސުމީ ކާރިސާތަކާއި ކުރިމަތިލާން ތިބޭ މުޖުތަމައުތަކަށް އެފަދަ ކަންކަމުންވެސް ލިބޭ އެހީތެރިކަމެއް އޮވެދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މޫސުމީ ގެއްލުންތަކަށް ފައިސާ ލިބޭނެ ފަސޭހަ ގޮތްތަކެއް މާލީ އިދާރާތަކުން ފަހިކޮށްދޭންޖެހޭ ކަމަށެވެ. އަދި ރާއްޖެ ފަދަ ކުދި ގައުމުތަކުގެ ކަންބޮޑުވުންތައް މާލީ އިދާރާތަކުން ބަލައިގަންނަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910