ފަލަސްތީނަށް އެހީދޭ އދގެ ޖަމިއްޔާ އަންރާ ބުނާ ގޮތުން ފާއިތު ތިން ހަފްތާ ތެރޭގައި ރަފާހް ދޫކޮށް މިލިއަނެއްހާ މީހުން -- ރައްކާތެރި ތަނަކަށް ދިއުމުގެ އުއްމީދުގައި ހިނގައްޖެ އެވެ.
އިޒުރޭލުގެ އަސްކަރިއްޔާ އިން ރަފާހްއަށް އަރައިގަތުމުގެ ކުރިން އެ އަވަށުގެ އާބާދީ ކަމަށް ބެލެވިފައި އޮތީ 1.5 މިލިއަނެވެ.
އަންރާގެ އެކްސް އެކައުންޓްގައި ބުނެފަައިވާ ގޮތުން ރައްކާތެރި ތަނެއްގެ އުއްމީދުގައި ރާފާހް ދޫކޮށް ދިޔަ ނަމަވެސް އެ މީހުން ދާނެ ވަކި ރައްކާތެރި ތަނެއް ޣައްޒާގައި ނެތް ކަމަށެވެ. މިފަދައިން ކަންތައްތައް ހިނގައި ދިޔުމުން، އެ މީހުންނަށް އެހީ ފޯރުކޮށްދޭނެ ގޮތެއް ނެތް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
އެކި މީހުން އެކި ތަނުގައި ވިއްސިވިހާލިވެ، ބޯހިޔާކޮށްލާނެ ގޮތް ނެތް އެތައް ހާސް ބަޔަކު ޣައްޒާގައި ތިބި ކަމަށް ވެސް އަންރާގެ އޮފިޝަލުން ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުން ރަފާހް ދެމުންދާ ހަމަލާތަކަށް އަދިވެސް ބައދަލެއް ނާދެ އެވެ. އާންމުން ދިރިއުޅޭ ތަންތަނަށް ބެލުމެއް ނެތި ފޭލިގެތަކަށް ދާންދެން ބޮންއަޅައި އަންހުންނާއި ކުޑަކުދިން ތިރިތިއްބައި ދަނީ އަންދަމުންނެވެ.
އިޒުރޭލުގެ ހަމަލާތައް ކުށްވެރިކޮށް -- ހަމަލާތައް ހުއްޓާލުމަށް މުޅި ދުނިޔެ އަދޭސްކުރި ނަަމަވެސް، ޒަޔަނިސްޓުންނަށް އިވޭ ކަމަކަށް ނުވެ އެވެ.
ފަލަސްތީންގް ބިންތައް ހިސާރުކުރުން އަދި ފަލަސްތީންގެ ނަސްލު ނައްތާލަން ޒަޔަނިސްޓުން ހިންގާ ހުރީ ހަރަކާތަކަށް ފަންޑުކުރަނީ އެމެރިކާއިންނެވެ. ފަލަސްތީން މީހުން މަރަށް ބޭނުންކުރާ ހަތިޔާރާއި ބޮމަކީ ވެސް އެމެރިކާއިން ފޯރުކޮށްދޭ އަސްކަރީ އެހީ އެވެ.
އދ ފަދަ ދުނިޔޭގެ ސުލްހަ ދެމެހެއްތުމަށް ބައިނަލްއަގްވާމީ އެއްބަސްވުންތަކުން އުފައްދާފައި ހުރި ގުނަވަތަކަށް ބެލުމެއް ނެތި ފަލަސްތީންގެ އާއިލާތައް މެރުމުގައި ޒަޔަނިސްޓުން އުޅެނީ އަވަދިނެތި އެވެ.
ޣައްޒާއަށް އެހީދިނުމަށް ފޮނުވާފައި ހުރި ލޮރީތަކަށް އަރައި ބޮޑުކަމު ގޮސް ނަޖިހުން ތަތްތެޅުވުމަކީ ޒަޔަނިސްޓުންނަށް ކުޅިމަޖަލަށް ވަނީ ވެފަ އެވެ.
އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާއަށް ގައުމުތަކުން ފޮނުވާފައި ހުރި ޕާރުސަލްތައް ވީދައި ފުނޑުފުނޑުކޮށް މަގުތަކަށް އަޅާ މަންޒަރު -- އެމެރިކާ ފަދަ އިޒުރޭލުގެ އެކުވެރިންނަށް ވެސް މިހާރު އޮންނާނީ ފެނިފަ އެވެ.